ޢުމުރުން ކިތަންމެ ދޮށިނަމަވެސް ޤުރްޢާން އުނގެނެން މަސައްކަތްކުރަން ފެށުމުން ލިބިގެންދާނެ ބައެއް ފައިދާތައް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޢުމުރުން ކިތަންމެ ދޮށިނަމަވެސް ޤުރްޢާން އުނގެނެން މަސައްކަތްކުރަން ފެށުމުން ލިބިގެންދާނެ ބައެއް ފައިދާތައް: މުފްތީ މެންކް

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢުމުރުންވީ ދުވަހަށް ނުބަލާށެވެ! ކީރިތި ޤުރްއާން ހިތުދަސްކުރަން ޢަޒުމް ކަނޑައަޅައިގެން އަވަހަށް އެކަމަށް މަސައްކަތްކުރަން ފަށާށެވެ! ޢުމުރުން 50، 60 އަހަރުވެފައިވީ ނަމަވެސްމެއެވެ. 

ދުވާލަކު އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރަން މަސައްކަތްފަށާށެވެ. ހީވެސްނުކުރެވޭހައި ފަސޭހައިން ދަސްވާންފަށާނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤުރްއާނަކީ އުނގެނެން ފަސޭހަ އެއްޗެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާތީއެވެ. 

ކުޑަކުދިންނަށް ބަލާށެވެ! ކިޔެވުމުގެ ޢުމުރުގައި އެކުދިން ދަސްކުރަން މަސައްކަތްކުރާ އެހެން ހުރިހާ އެއްޗަކަށްވުރެ ޤުރްޢާން އުނގެނެން ފަސޭހަވާ ސަބަބަކީ އެއީއެވެ. 

ޞަޙާބީންނަށް ބަލާށެވެ! އެބޭކަލުން ޤުރްއާން އުނގެނިވަޑައިގަތީ ޢާންމު ގޮތަކަށް ބަލައިފިނަމަ ޢުމުރުފުޅުން ދުވަސްވީފަހުންނެވެ. ވީމާ އަހުރެމެންނަށް ދަސްނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ 

ރަސޫލް ވަނީ ކީރިތި ޤުރްއާނަކީ މީސްތަކުންގެ ހިތުގެ ދިރުން ކަމުގައި ލައްވަވައިދެއްވެވުން އެދި ދުޢާކުރައްވަވާފައެވެ. އެކަމުގެ ނަތީޖާ މިއަދުވެސް އަންނަނީ ފެންނަމުންނެވެ. އެމީހެއްގެ ހިތް ޤުރްއާނާއި ގުޅިފައިވާނަމަ އެމީހަކީ ތަޤްވާވެރިއެއްކަމުގައި ވެގެންދެއެވެ. އަދި އެމީހެއްގެ ހިތް ޤުރްޢާނާއި ގުޅިފައިވާނަމަ އެމީހަކަށް މާޔޫސްބަލީގެ ޝިކާރައަކަށް ނުވެވި ސަލާމަތްވެގެން ހުރެވެއެވެ. 

ހިތްދަތިވާ ޒާތުގެ ކަމެއް މެދުވެރިވެއްޖެނަމަ ދެރަވުމަކީ، އަދި ދެރަވުމުން ރޮވުމަކީ އިންސާނުންގެ ކިބައިގައި ﷲ ތަޢާލާ ލައްވަވާފައިވާ ކަންކަމެވެ. ވީމާ އެންމެންނަށްވެސް އެކަންކަން އެގޮތަށް މެދުވެރިވާނެއެވެ. ނަމަވެސް ދުވަހަކުވެސް ޙާފިޡަކު ނުވަތަ އެމީހެއްގެ ހިތް ކީރިތި ޤުރްއާނާއި ގުޅިފައިވާ މީހަކަށް ކެތްތެރިނުވެވިގެން ދުލުން ނުބައި ބަސްބުނެވި، އަތުންފައިން ގޯސްހެދޭ ހިސާބަކަށް ކަންކަމެއް ނުދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން