ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދޭމީހާ ޢަޖުމަ ބަލައިލަންވެސް މިމަގުން ޢަމަލު ކުރަންފަށައިބަލާށެވެ! ދާދި އަވަހަށް ނަތީޖާ ފެންނަން ފަށާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދޭމީހާ ޢަޖުމަ ބަލައިލަންވެސް މިމަގުން ޢަމަލު ކުރަންފަށައިބަލާށެވެ! ދާދި އަވަހަށް ނަތީޖާ ފެންނަން ފަށާނެ! އިން ޝާ ﷲ

އަހުރެމެންނަށް ޖެހިގެން މިއުޅޭ ހުރިހާވެސް މައްސަލައަކީ ﷲ ތައާލާގެ ޙަޟްރަތުން ކަމަކަށް އެދެން ބޭނުންވުމުން ނޫނީ އަހަރެމެންނަށް ﷲ ތަޢާލާގެމަތިން ހަނދުމަނުކުރެވޭކަމެވެ. ﷲ ތައާލާގެ ރަޙްމަތްފުޅަށް އެދި ނުދެންނެވޭކަމެވެ. އަދި ކީއްހެއްޔެވެ؟ ކަމެއްކުރަން ބޭނުންވެގެން އުޅޭ މީހާ ވެސް ގިނަފަހަރަށް ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދެނީީ އަމިއްލައަށް އެކަމެއްކުރަން އުޅެއުޅެ އެކަމެއް ޙާޞިލުނުކުރެވުމުންނެވެ. 

ދުޢާކުރުމުގައި އޮތީ އެކުރަންބޭނުންވާ ކަމަކާއި ގުޅޭ ﷲ ތަޢާލާގެ ނަންފުޅަކުން ދެންނެވުމެވެ. އޮނަސައްތަ އިސްމްފުޅު ބަލައިގެން އެނަންފުޅު ހޯދައިގެން ދެންނެވުމެވެ. މިސާލަކަށް ރިޒްޤަށް އެދި ދަންނަވާއިރު "އައްރައްޒާޤް" ގެ ނަންފުޅުން ދަންނަވާށެވެ. 

ކޮންމެ ކަމަކަށް ބޭނުންވުމުން ދަންނަވަން އޮތް ނަންފަޅު ހޯދަން އުނދަގޫވެދާނެއެވެ. ހަނދާނަށް ގެންނަން ފަސޭހަނުވެދާނެއެވެ. އެހެންވެ ކޮންމެ ކަމަކަށް ބޭނުންވުމުން ދަންނަވަންވީ ގޮތް އޮތީ ވަރަށް ސާފުކޮށް ބަޔާންކުރައްވަވައިފައެވެ. އަދި އެއީ ކޮންމެ ކަމަކަށް އޮތް އަދި ދޫމައްޗަށް ފަސޭހަ ދުޢާއެއްކަމުގައިވެސް ވަނީ ލައްވަވައިފައެވެ. އެއީ: 

 

"ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ﷲ ގެ އިސްމްފުޅުން ފަށައިގަންނަމެވެ." 

އަހަރެން މިހެން ބުނީތީ އަޖުމަބަލައިލަން ނަމަވެސް ނިދީން ހޭލެވުމުންވެސް ފުރަތަމަ ކުރާކަމަކަށް ކިޔައި އަދި އެއްވެސް ކަމެއް ދޫނުކޮށް ކޮންމެ ކަމެއް ކުރަންފަށަމުން ކިޔަން ފަށައިބަލާށެވެ! ތިމާ އެދޭކަންކަން ހިންމަވައިދެއްވަވާ ގޮތްތައް އިޙްޞާޞް ވެސް ނުކުރެވޭނެއެވެ. 

ކޮންމެ ކަމެއް ކުރަން ފަށަމުން ކިޔުމަކީ ތިމާއަށްވެވޭ ވަރަށް ބޮޑު އިޢްތިރާފެކެވެ. ތިމާއަށް އެ ޤަބޫލުކުރެވެނީ ތިމާގެ ކިބައިގައި އެއްވެސް ބާރެއް ނުވާކަމާއި ކޮންމެ ކަމެއްވެސް ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް އެކަނި ކަމެވެ. ވީމާ ތަކުރާރުކޮށް އެކަމަށް އިޢްތިރާފްވެ ކޮންމެ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭމީހާގެ ބޭނުންތައް ފުއްދަވައި ނުދެއްވަވައި ﷲ ތަޢާލާ ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ﷲ ތަޢާލާ ވަނީ އެކަލާނގެ ރަޙްމަތްފުޅު އަހަރެމެންނަށް އަބަދުވެސް ހުޅުއްވަވައިލަ ދެއްވަވައިފައެވެ. އެކަން ބަންދުކުރަނީ ނުވަތަ ލިބިނުގަންނަނީ އަހަރެމެން އަމިއްލައަށެވެ. އެކަމުގައި ފަރުވާކުޑަކުރެވެނީ އަހަރެމެންނަށެވެ. އެކަން އިޞްލާޙްކޮށްލުންވެސް އޮތީ އަހުރެމެންގެ އަތްމަތީގައެވެ. އަވަހަށް އިޞްލާޙްކޮށްލަމާ ހިނގާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން