ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން މައިންނަކީ ދަރިންގެ އަޅުންނަށް ހެދުން- އެޒަމާނުގައި އެއްވެސް ވަރަކަށް ނެތްކަމެއް މިހާރު މިވަނީ ޢާންމުވެފަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން މައިންނަކީ ދަރިންގެ އަޅުންނަށް ހެދުން- އެޒަމާނުގައި އެއްވެސް ވަރަކަށް ނެތްކަމެއް މިހާރު މިވަނީ ޢާންމުވެފަ!: ބިލާލް އައްސަދު

ޤިޔާމަތްވުން ގާތްވެއްޖެކަން އަންގައިދޭ ޢަލާމަތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ މައިމީހާގެ މައްޗަށް (އަންހެން/ފިރިހެން) ދަރިފުޅު ބާރު ހިންގައި މަންމައަކީ އޭނާގެ އަޅަކަށް ހެދުމެވެ. މާނައަކީ ދަރިފުޅު މަންމައަށް އަމުރުކުރުމުން މަންމައަކީ ދަރިފުޅުކުރާ އަމުރަށް ކިޔަމަން ގަންނަންޖެހޭނެ މީހަކަށް ވުމެވެ.  

އެހެން ޙަދީޘްފުޅަކުން އެނގެން އޮތްގޮތުގައި ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ފިރިހެން ދަރިފުޅު އޭނާގެ ބައްޕައަށްވުރެ އޭނާގެ އެކުވެރިންނަށް އިސްކަންދީ ބައްޕައަކީ އޭނާގެ އެކުވެރިންނަށްވުރެ ދުރުގައި ބަހައްޓާ މީހަކަށް ހެދުން ހިމެނެއެވެ.  

މިއިން އެއްވެސް ކަމަކީ އެޒަމާނުގައި އެއްވެސް ވަރަކަށް ހިނގަމުން އައިސްފައިވާ ކަންކަމެއް ނޫނެވެ. ޔަހޫދީންނާއި ނަބާރާއިންގެ މެދުގައިވެސް މިފަދަ އެއްވެސް އާދައެއް ނެތެވެ. އެފަދަ ޒަމާނެއްގައި ކުރައްވަވާފައިވާ މި ޙަދީޘްފުޅުތަކުގައިވާ ކަންކަން މިއަދު މިވަނީ އަހުރެމެންނާއި ބައްދަލުކޮށްފައެވެ. ޢާންމުކޮށް ހިނގަމުންދާ ކަންކަމަށް މިވަނީ ވެފައެވެ.  

އެނގިގެން މިދަނީ އެންމެ ނުބައިކަން ބޮޑު ޢަމަލުތައް ފެތުރި ޢާންމުވަމުން އަންނަކަމެވެ. ވީމާ އަހުރެމެންނަށް އޮތީ ތިމާއަކީ މިފަދަ ނުބައިކަންބޮޑު މީހަކު ކަމުގައި ނުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.  

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން