ތިބާ ކުރަން އުޅެނީ ހެޔޮ ޢަމަލެއް ނުވަތަ ނުބައި ޢަމަލެއްކަން މަލާއިކަތުންނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުންކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ތިބާ ކުރަން އުޅެނީ ހެޔޮ ޢަމަލެއް ނުވަތަ ނުބައި ޢަމަލެއްކަން މަލާއިކަތުންނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުންކަން އެނގޭހެއްޔެވެ؟

މީހަކު ހެޔޮ ޢަމަލެއް ކުރަން އުޅޭނަމަ އެމީހެއްގެ ގައިން މީރުވަހެއް ދުވަން ﷲ ތަޢާލާ އިރާދަކުރައްވަވާނެތެވެ. ހަމައެފަދައިން ނުބައި ކަމެއް ކުރަން އުޅޭނަމަ ނުބައި ވަހެއް ދުވަން ފަށާނެތެވެ. އެވަސް ދުވާނީ މަލާއިކަތުންނަށެވެ. 

މީހަކު ހެޔޮ ޢަމަލެއް ކުރަން އުޅޭކަން ނުވަތަ ނުބައި ޢަމަލެއްކުރަން އުޅޭކަން މަލާއިކަތުންނަށް އެނގިވަޑައިގަންނަވަނީ އެގޮތުންނެވެ. ހެޔޮޢަމަލެއްކުރަން އުޅޭއިރަށް އޭނާގެ ގާތަށް ރަހްމަތުގެ މަލާއިކަތުން މަލާއިކަތުން ޖަމާވެވަޑައިގަންނަވައެވެ. ނުބައި ޢަމަލެއްކުރަން އުޅޭއިރަށް އެމީހަކާއި ދުރަށް ވަޑައިގަންނަވައެވެ. 

އަހުރެމެން ފަދައިން މަލާއިކަތުންނަށްވެސް ވަސްދުވާކަން އެނގެން އެބައޮތެވެ. ފިޔައާއި ލޮނުމިދު ކައުމަސްފަހު އަނގައިން ވަސްނުކެނޑެނީސް މިސްކިތަށް ނާރަން އެއޮތީ މަލާއިކަތުންނަށްވެސް އެއިގެ ވަސްދުވައި އުނދަގޫފުޅުވާތީއެވެ. 

މީސްތަކުންނޭވެ! ގޭގައި ކުއްތާ ނުގެންގުޅޭށެވެ! ކުއްތާ އޮއްވައި ރަޙްމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައެއް ނުގަންނަވާނެއެވެ. ކުއްތާއެއް އޮތުމުން ޖިބްރީލްގެފާނު ވަނީ ރަސޫލް ގެ ގަނޑުވަރަށް ވަދެވަޑައިނުގެންފައެވެ. އަދި ހުއްދަ ނޫން ތަޞްވީރުތައްވެސް ގޭގައި ނުބަހައްޓާށެވެ! ބަހައްޓަން ބޭނުން ފޮޓޯ ފަދަ ތަކެތި އަލަބްމެއް ފަދަ އެއްޗެއްގައި ބަހައްޓާށެވެ! ނޫންނަމަ ރަޙްމަތުގެ މަލާއިކަތުން އެގެއަކަސް ވަދެވަޑައިނުގަންނަވާނެ ކަމަށްޓަކައެވެ. 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން