ޛިކުރުކުރުން ގިނަކުރުމަކީ އިންސާނުން ޖިންނި މޮޔަވާ ފަދައިން ޝައިތޯނުން މޮޔަވާކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޛިކުރުކުރުން ގިނަކުރުމަކީ އިންސާނުން ޖިންނި މޮޔަވާ ފަދައިން ޝައިތޯނުން މޮޔަވާކަމެއް!

ޛިކުރުކުރުން ގިނަކުރުމަކީ އިންސާނަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވާ ކަމަކެވެ. އެންމެ މަތިވެރި ޛިކުރުކުރުމަކީ ޤިރްއާން ކިޔެވުމެވެ. ކީރިތި ޤުރްއާން ކިޔެވުން ގިނަކުރަންވީ އެއް ސަބަބަކީ އެއީއެވެ. ދެން މިބަސްފުޅަށް ނިކަން ވިސްނައިލަބަލާށެވެ!

ބައެއް ސަލަފުއް ޞާލިޙުން ވިދާޅުވެފައިވެއެވެ: " ﷲ ތަޢާލާގެ ޛިކުރު އަޅާގެ ހިތުގައި ތަމްކީނުވެއްޖެނަމަ (އެބަހީ ތާއަބަދު ޛިކުރުކުރުން މަތީ އަޅާ ދެމިހުރެއްޖެނަމަ) ޝައިތާނަކު އެމީހަކާއި ކައިރިވާ ހިނދު އިންސާނުން ޖިންނި މޮޔަވާ ފަދައިން އެ ޝައިތާނަކު މޮޔަވާނެއެވެ. 

އެހިނދު ޝައިތާނުންތައް ޖަމާވެ ސުވާލުކުރާނެއެވެ. މީނާއަށް މިވީ ކިހިނަކުން ހެއްޔެވެ؟ ޖަވާބުގައި ބުނެވޭނެއެވެ. މިޝައިތާނާ މިވަނީ އިންސި އަވަލާފައެވެ (ނުވަތަ އިންސި މޮޔަވެފައެވެ).  މަޞްދަރު:مدارج السالكين- ابن القيم 

- ޝައިޚް އަޙްމަދު ރިމާޒް

 

މިއަދު އޮންލައިން