އަނބިންނާ އަޚުންނަށް މާފުނުކޮށް އަދަބުދޭއިރު ތިމާ ފާފަތައް ކުރާކަން ދެނެވޮޑިގެންވާއިރުވެސް ﷲ ތަޢާލާ ކެތްތެރިވެވޮޑިގަންނަވާކަމާ ތައުބާވުމަށް ފުރުޞަތު ދެއްވަވާކަން ނޭނގެނީހެއްޔެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަނބިންނާ އަޚުންނަށް މާފުނުކޮށް އަދަބުދޭއިރު ތިމާ ފާފަތައް ކުރާކަން ދެނެވޮޑިގެންވާއިރުވެސް ﷲ ތަޢާލާ ކެތްތެރިވެވޮޑިގަންނަވާކަމާ ތައުބާވުމަށް ފުރުޞަތު ދެއްވަވާކަން ނޭނގެނީހެއްޔެވެ!

އެހެން މީހަކަށް ކުށެއް ކުރެވޭއިރަށް އެއީ ދުނިޔެވަރުގެ ބޮޑުކަމަކަށް ހަދައިގެން ތެޅިފޮޅިގަންނައިރު ތިމާގެ އަމިއްލަ ޙާލާއިމެދު ވިސްނައިލެވެނީ ހާދަ މަދު މީހަކަށެވެ. އެހެންވީމާ ސުވާލަކީ ތިމާ ފާފަތައް ކުރަމުން ގެންދާއިރު ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވާއިރުވެސް ކެތްތެރިވެވޮޑިގަންނަވައި ތައުބާވުމަށް ފުރުޞަތު ދެއްވަވާކަން ނުއެނގެނީހެއްޔެވެ؟ ފާފަތައް ފުއްސަވައިދެއްވަވަން އެދުމުން ފުއްސަވައި ދެއްވަވާކަންވެސް ނުއެނގެނީހެއްޔެވެ؟

ފާފަކުރުން ގިނަވެ މަގުން ކައްސާލައިގެންދާ ކިތައް މީހުން ތައުބާވެ ޙައްޤުމަގުގައި ސާބިތުވެ މަރުދުވަހާއި ހަމައަށް ރަނގަޅު ގޮތުގައި ދިރިއުޅޭ ހެއްޔެވެ؟ ތިބާއަށް މާފުކުރަން ޖެހުނު މީހާއަށް މާފުކޮށް ފުރުޞަތުދީފިނަމަ އެމީހަކު އިޞްލާޙްވެ ތިބާއާއިމެދު ކަންތައްތައްކުރާނެ ހެޔޮގޮތް ވަޒަންކުރަން އުނދަގޫވަނީ ކީއްވެގެންހެއްޔެވެ؟

މާފުކުރުމުން ފަހުން ތިބާއަށް ޚިޔާނާތްތެރިވެދާނެކަމުގެ ބިރު އޮތްނަމަވެސް މާފަށް އެދުމުން މާފުކުރާށެވެ! އޭނާ ކޮށްފާނެ ނުބައިކަމަކަށް ބިރުން މާފުކުރަން ފަސްނުޖެހޭށެވެ. އެމީހާ އަމަލުކޮށްފާނެ ގޮތް ﷲ ތަޢާލާއަށް ވަކީލުކުރާށެވެ.

މާފުކުރަންވީ އެމީހާ އެދުނީތީއެއް ނޫނެވެ! މާފުކުރުމަށް ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. މީސްތަކުްނނަށް މާފުކުރާ މީހުންނަށް ﷲ ތަޢާލާ ރުއްސަވައި ލޯބވެވަޑައިގަންނަވާތީ ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ.

މާފުކުރަން ފަސްޖެހޭ މީހަކަށް އުފާވެރިކަމާއިއެކު ދިރިއުޅެ ހިތްހަމަޖެހުން ހޯދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން