ފިރިމީހާ ގާތުގައި ރަށުގައި ނެތް ނަމަވެސް ސުންނަތް ރޯދަހިފަން ފިރިމީހާގެ ހުއްދަ ހޯދަންޖެހޭނެތޯ މިހާރުވެސް ގިނަ ބައަކު ސުވާލުކުރެއެވެ. ޖަވާބަކީ ގާތުގައި ރަށުގައި ނެތްނަމަ، ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ.
ސުންނަތް ރޯދަހިފާނަމަ ފިރިމީހާގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އޮތް ޙަދީޘްފުޅުގެ މާނައަށް ބަލާށެވެ!
لاَ يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ» [رواه البخاري في صحيحه برقم
މާނައީ: " ގާތުގައި ފިރިމީހާ ހުއްޓާ، އޭނާގެ ހުއްދަ ނެތި ސުންނަތް ރޯދަ ހިފުން އަންހެނަކަށް ހުއްދަވެގެން ނުވެއެވެ"
"ފިރިމީހާ ގާތުގައި ހުއްޓާ" އޮތުމުން އެނގެނީ ގާތުގައި ފިރިމީހާ ނެތްނަމަ މިޙަދީޘްފުޅަށް ޢަމަލުކުރަން ނުޖެހޭނެ ކަމެވެ. ފިރިމީހާ ރަށުގައި ނޫޅޭނަމަ، ރޯދަހިފުން ހުއްދަ، އަނބިމީހާ ބޭނުން ކޮންމެ ދުވަހަކުވެސް ސުންނަތް ރޯދަ ހިފޭނެކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން