ރަނގަޅު ބައިވެރިއަކު ލިބެންދެން ކައިވެނިނުކޮށް ހުންނަން ބޭނުންވާ މީހަކަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަނގަޅު ބައިވެރިއަކު ލިބެންދެން ކައިވެނިނުކޮށް ހުންނަން ބޭނުންވާ މީހަކަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ!

ރަނގަޅު ބައިވެރިއަކު ލިބެންދެން ކައިވެނިނުކޮށް ހުންނަން ބޭނުންވާ މީހަކަށް ދުވަހަކުވެސް ކައިވެންޏެއް ނުކުރެވޭނެ އެވެ. އެހެނީ އެއްވެސް މީހަކީ ރަނގަޅު މީހަކުކަން ޔަޤީން ނުކުރެވޭނެތީއެވެ. ވީމާ ބަލަންޖެހޭނީ ފެންނަ ޢަލާމާތްތަކަށެވެ. 

ހަމައެއާއިއެކު އެއްވެސް މީހަކީ ހުރިހާކަމެއް ފުރިހަމަ މީހެއް ނޫނެވެ. އަހުރެންވެސް ފުރިހަމައެއް ނޫނެވެ. ވީއިރު އެހެން މީހަކު ފުރިހަމަވާނެކަމަށް ބެލެވޭނީ ކިހިނަކުންހެއްޔެވެ؟ 

އަހުރެންގެ ބޮޑުބޭބެ ބުންޏެވެ. "ޔަޙްޔާއެވެ! ކައިވެނިކުރާނެ ރަނގަޅު މީހަކު ފެންނަންދެން މަޑުނުކުރާށެވެ! ބައިވެރިޔާއަކީ ކަރައެއް ކަހަލަ އެއްޗެކެވެ. ބޭރުގެ ފެހިކަން ވަރަށް ގަދަވެދާނެއެވެ. ޓަކިޖަހައިލީމާ ލޯއަޑުވެސް ކިޔާނެއެވެ. އެކަމަކުވެސް އެތެރެ އޮތް ގޮތް އެނގޭނީ ހަމަ ފަޅާލުމުންނެވެ." 

މިކަން އެނގިގެންދާ ހެކިވެސް ދައްކައިފާނަމެވެ. 

ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގައި ހުރި އާދަކާދަތަކާއި ދީނުގައި އޮތްގޮތް ދޫކޮށްލައި ހުޅަނގުގެ އާދަކާދަތަކަށް އެނބުރެމުން ގޮސް ކައިވެނިކުރާނެ ބައިވެރިއަކު ހޯދުމުގައިވެސް މިއަދު މިވަނީ ހުލަނގުގެ ގޮތް އިޚްތިޔާރު ކުރެވިފައެވެ. އެހެންވެ އެކަމުގެ ހިތިނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. 

ހުޅަނގުގެ ޤައުމުތަކަށް ބަލައިފިނަމަ ކައިވެނިކުރަނީ ދެމީހުން އަމިއްލައަށް ލޯބިވެ އަމިއްލައަށް ގޮތް ނިންމައިގެންނެވެ. އެކަމުގެ ނަތީޖާ އެނގޭހެއްޔެވެ؟ ކައިވެނިކުރާ ނިޞްބަތުގެ 69 އިންސައްތަ ކައިވެނިކުރާތާ 3 އަހަރުގެތެރޭގައި ވަރިކުރެއެވެ. ކައިވެނި ރޫޅެއެވެ. އެހެންވެ ހުޅަނގުގެ ޤައުމުތަކުގައިވެސް ހެޔޮ ވިސްނޭ މީހުން އެއީ ކައިވެނިކުރަން އެންމެ ރަނގަޅު ގޮތް ނޫންކަމަށް މިހާރު ޤަބޫލުކުރެއެވެ. 

ހުޅަނގުގެ މީހުންނަށް ކަމުނުގޮސްގެން ދޫކޮށްލާ އާދަތައް މުސްލިމުން މިއަދު މިދަނީ އެންމެ ރަނގަޅު ގޮތްކަމަށް ބަލައިގަންނަމުންނެވެ. އަހުރެމެންގެ ދީނުގައި އޮތްގޮތަށް ނުބަލާއިރު އެކަމެއްގައި ހުޅަނގުގެ ޤައުމުތަކަށް ކުރެވުނު ތަޖުރިބާއާއިމެދުވެސް ވިސްނައެއް ނުލެވެއެވެ. 

މިކަންކަމުން އެނގިގެންދަނީ ލޯބިވެގެން ކިތަންމެ ދުވަހަކު އެކުގައި އުޅުނަސް ކައިވެނިކުރުމުން ނޫނީ އަނެކާގެ ޙަޤީޤަތް ނުއެނގޭނެކަމެވެ. ލޯބިވެއްޖެނަމަ އަވަހަށް ކައިވެނިކުރަން އިސްލާމްދީނުގައި އޮތީ މިހެންވެގެންނެވެ. 

- ޝައިޚް ޔަޙްޔާ ޢާދިލް އިބްރާހީމްގެ ދަރުސަކުން

 

މިއަދު އޮންލައިން