މަންމައަށް އަދާކުރަންޖެހޭ ބައެއް އަދަބުތައް

ކިޔުމަށް ހޭދަވާނީ 3މ 48ސ
މަންމައަށް އަދާކުރަންޖެހޭ ބައެއް އަދަބުތައް

ޢާއިޝަތު ރަފާޙް ޢަލީ

 

މަންމައަށް ކިޔަމަންތެރިވުމަކީ ޞާލިޙު މުސްލިމަކު މާތްالله އައްޓަކައި ކުރާ އެންމެ ރަނގަޅު އެއް ޢަމަލު ކަމުގައި ބެލެވޭއިރު، މާތްالله އަމުރުކުރެއްވި ފަދައިން ޤުރުއާނުން ނުވަތަ ރަސޫލާ ﷺ ގެ ސުންނަތުގައި އެކަން ކުރުމަށް އިލްތިމާސް ކުރައްވަފައިވެއެވެ. 

ﷲ ތަޢާލާ ކީރިތި ގުރްއާނުގެ ލުޤްމާން ސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ ﴿١٤﴾

މާނައީ: އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ وصية ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ أمر ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكر ކުރާށެވެ! އެނބުރި رجوع ވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. (14)  

މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ދަރީން މަންމައަށް އަދާކުރަންޖެހޭ ބައެއް އަދަބުތަކެވެ. 

·       އެހެން ކޮންމެ މީހަކަށްވުރެެ ބޮޑަށް މަންމައަށް ކިޔަމަންތެރިކަން އަދާކުރުން

·       ބަހާއި ޢަމަލުން މަންމައަށް އިޙްސާންތެރިވުން

·       ކިޔަމަންތެރިކަމުގެ ފިޔަ ތިރިކޮށް، މަންމައާއި މެދު ކިބުރުވެރި ނުވުން

·       މަޑުމާތްތިރިކަމާއެކު ވާހަކަ ދެއްކުމާއި ކަންކަމާއި ފާޑުކިޔައި ނުވަތަ އަޑު އުފުލާ ނުވަތަ ކުރި ކަމެއްގެ ޝަކުވާ ނުކުރުން

·       މަންމަގެ ވާހަކަ މަޑުމާތްތިރިކަމާއެކު އަޑުއެހުމާއި، އަދި އޭނާގެ ވާހަކަ މެދުކަނޑާނުލުން ނުވަތަ އޭނާއާ ދެކޮޅަށް ޖަދަލު ނުކުރުން

·       މަންމަގެ އެދުންތައް ފުއްދައިދީ މަންމަ ފޫހިނުކުރުވާ އުފާކޮށްދީ ހިތްހަމަޖައްސައިދިނުން

·       އެކަމަނާއަށް އަދަބުވެރިވުމާއި، މަންމަ މަތިވެރިކުރުމާއި، މަންމަގެ އަތާއި ބޮލުގައި ބޮސްދިނުން

·       އެކަމަނާގެ ރަޙްމަތްތެރިންނާއި ގާތްތިމާގެ މީހުންނަށް އިޙްތިރާމްކުރުމާއި، އެބައިމީހުންނަށް މަލާމާތްކުރުމުން ދުރުވުން

·       މަންމަ މަރުވުމުން މަންމަގެ ނަމުގައި ޞަދަޤާތް ދިނުން

·       ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެދީ، މަންމައަށް އަރާމްކުރުމަށް ވަގުތުދިނުން

·       ބާރު އަޑުތަކުން ނުވަތަ ނުބައި ޚަބަރަކުންނާއި މަންމައަށް އުނދަގޫ ކުރުމުން ދުރުހެލިވުން

·       ކުއްޖާ ކިތަންމެ ބިޒީވިޔަސް މަންމަގެ ފޯން ކޯލާއި ބައްދަލުކުރަން އަވަސްވެގަތުން

·       މަންމަގެ ކިބައިން ކަންކަމުގައި ހުއްދަ އެދުމާއި ދިރިއުޅުމުގެ ކަންކަމުގައި މަންމަގެ ލަފާ ހޯދުން

·       އޭނާގެ ޙަޔާތުގައިވެސް އަދި މަރުވުމަށްފަހުވެސް ގިނަގިނައިން މަންމައަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރުން

·       މަންމަ އަންނަންދެން ނުކައި އިންތިޒާރުކޮށް މަންމަ ކެއުމުގެ ކުރިން ކާން ނުފެށުން

·       ބަލިވެއްޖެނަމަ މަންމަގެ ޙަލުބަލައި ފަރުވާކުރުމަށް މަންމަ ކައިރީގައި ހުރުން

·       މަންމަައަށް ޚަރަދުކުރުން

މިއަދު އޮންލައިން