ތަޤްވާވެރިވެ ﷲ ތަޢާލާއަށް އަޅުކަންކުރި ނަމަވެސް ދަތިހާލުގައި އުޅެންޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތަޤްވާވެރިވެ ﷲ ތަޢާލާއަށް އަޅުކަންކުރި ނަމަވެސް ދަތިހާލުގައި އުޅެންޖެހެނީ ކީއްވެ؟

ދުނިޔޭގައި ހުރެ އެމީހާކުރާ މަސައްކަތުގެ ނަތީޖާ ނުފެނުމުން ގިނަބައަކު ކަންބޮޑުވެއެވެ. ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ދަތިހާލުގައި އުޅެންޖެހޭތީވެސް ކަންބޮޑުވެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ އެއްވެސް މީހަކު ކަންބޮޑުވާންޖެހޭނެ ކަންކަމެއް ނޫނެވެ. ﷲ ތައާލާ ޤިޔާމަތް ދުވަހު މީސްތަކުންނަށް ޖަޒާ ދެއްވަވަނީ އެމީހަކު ހޯދި ނަތީޖާއަށް ބައްލަވައިގެނެއް ނޫނެވެ. އެމީހަކު ކުރި މަސައްކަތަކަށް ބައްލަވައިވޮޑިގެނެވެ. އެމީހަކު އެކަމަކަށް މަސައްކަތްކޮށްފައިވާނަމަ އެމީޙަކަށް އެކަމުގެ ޖަޒާދެއްވަވާނެތެވެ.

މިސާލަކަށް ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ބަލާށެވެ. 950 އަހަރުވަންދެން ދީނަށް ގޮވައިލެއްވެވުމުން ޢިޖާބަދިނީ އެންމެ 80 ވަރަކަށް މީހުންނެވެ. ނަމަވެސް ނޫޙުގެފާނަކީ އެންމެ މަތިވެރިކަން ލިބިވަޑައިގެންވާ ރަސޫލް ބޭކަލެކެވެ.

ދެން އޮތީ އަޅުކަންކުރިނަމަވެސް ދަތިޙާލުގައި އުޅެންޖެހުމެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ދިރިއުޅުއްވެވި ދަތިޙާލުކޮޅާއިމެދު ވިސްނައިލާށެވެ. އަދި އިތުރު އެކަލޭގެފާނު އަޅުކަންކުރެއްވެވި މިންވަރަށް ވިސްނައިލާށެވެ. އަދި ދަތިޙާލުކޮޅުގައި އުޅުއްވަވަން ޖެހިވަޑައިނުގަންނަވަނީ ކޮން ރަސޫލްބޭކަލެއް ހެއްޔެވެ؟ މިކަންކަމަށް ވިސްނާލައިފިނަމަ އަޅުކަންކުރިނަމަވެސް ދަތިޙާލުގައި އުޅެންޖެހޭތީ މާޔޫސްވާކަށް ނުޖެހޭނެއެވެ.

މާޔޫސްވާންވީ ދަތިޙާލުގައި އުޅެން ނުޖެހިއްޖެނަމައެވެ. އެއީ ދަތިޙާލު ކުރިމަތިކުރެއްވެވުމުން ކެތްތެރިވެވުނު މިންވަރު އެނގެން ނުއޮންނާނެތީއެވެ. ވީމާ ކޮންމެ ދަތިޙާލަތެއް ކުރިމަތިވިނަމަވެސް އުފާކުރާށެވެ. ކެތްތެރިވާށެވެ. އެކަމުން ލިބެން އޮތް ޘަވާބާއި ނިޢްމަތް ލިބިގަންނާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން