ތައުބާވުމުން ﷲ ތަޢާލާ މަލާއިކަތުންނަށްވެސް ވަންހަނާކޮށްދެއްވަވާނެއިރު ކުރެވިފައިވާ ފާފައެއްގެ ވާހަކަ ހަމައެކެއްގެ ގާތުގަވެސް ނުބުނާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތައުބާވުމުން ﷲ ތަޢާލާ މަލާއިކަތުންނަށްވެސް ވަންހަނާކޮށްދެއްވަވާނެއިރު ކުރެވިފައިވާ ފާފައެއްގެ ވާހަކަ ހަމައެކެއްގެ ގާތުގަވެސް ނުބުނާށެވެ!: މުފްތީ މެންކް

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެމީހަކަށް ކުރެވުނު ފާފަތައް ފުއްސަވައިދެއްވަވައި އަދި އެކަން މަލާއިކަތުންނަށްވެސް ވަހާކުރައްވަވައި ދެއްވަވަތެވެ. ވީއިރު ތައުބާވުމަށްފަހު އެއިގެކުރިން ކުރެވިފައިވާ ފާފަތަކުގެ ވާހަކަ އަހަރެމެން އެހެން މީހުންނަށް ކިޔައިދޭންޖެހެންވީ ކީއްވެގެންހެއްޔެވެ؟ ކުރެވިފައިވާ ފާފައެއްގެ ވާހަކަ ހަމައެކެއްގެ ގާތުގައި ބުނުންވެސް ރަސޫލް ﷺ ވަނީ ވަރަށް ބޮޑަށް މަނާކުރައްވަވައިފައެވެ. އަދި އެއީ އެކަމުން ސަލާމަތްނުވެވިދާނެ ބޮޑު ފާފައެއްކަންވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.

ކަންމިހެން އޮތް ނަމަވެސް މީހުން ސުވާލުކުރުމުން ތެދުވެރިވުމުގެ ބޭނުމުގައި ބައެއް މީހުން އެމީހުންނަށް ކުރެވިފައިވާ ފާފަތައް އެހެން މީހުންނަށް އެބަ ކިޔައިދެއެވެ. ނަމަވެސް އެކަން އެގޮތަށް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެވެ. އެފަދަ ސުވާލެއް މީހަކު ކޮށްފިނަމަ ޖަވާބުގައި ބުނާށެވެ! "އަހަރެން މިހުރީ ތައުބާވެގެންނެވެ." އަދި ކީއްހެއްޔެވެ؟ "އަހރެންގެ ކިބައިގައި އެއްވެސް ފާފައެއް ނެތް" ކަމަށް ވެސް ބުނާށެވެ.

އެހެނީ ތައުބާވުމުން އެމީހަކީ އެއްވެސް ފާފައެއް ނުކުރާ މީހެއް ފަދައެވެ. އެފަދަ މީހެއްގެ ކިބައިގައި އޮންނާނީ ކޮންފާފައެއް ހެއްޔެވެ؟ އަދި ބުނާށެވެ! "ތިބާއަކީ ޤިޔާމަތްދުވަހުގެވެރި ފަރާތެއް ނޫނެވެ." އަދި "އަހަރެންނަށް ކުރެވިފައިވާ ފާފަތައް ތިއަ ހޯދަނީ ކީއްކުރަން ކޮން ބޭނުމަކުތޯ؟" ސުވާލުވެސްކުރާށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން