ހުކުރު ދުވަހުގެ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅު- ހިތްވަރުކޮށްލައިގެންވެސް އަތުލައިގަނެވިއްޖެނަމަ އެދުނު ކޮންމެ ކަމެއް ވަޤުތުން ޙާޞިލްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ހުކުރު ދުވަހުގެ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅު- ހިތްވަރުކޮށްލައިގެންވެސް އަތުލައިގަނެވިއްޖެނަމަ އެދުނު ކޮންމެ ކަމެއް ވަޤުތުން ޙާޞިލްވާނެ! އިން ޝާ ﷲ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. 

(( أن في يوم الجمعة ساعة لا يوافقها عبد مسلم وهو قائم يصلى يسأل الله شيئا إلا أعطاه إياه )). 

"ހަމަ ކަށަވަރުން ހުކުރު ދުވަހުގައި ސާޢަތެއް ވެއެވެ. މުސްލިމު އަޅަކު ނަމާދު ކުރަން ހުށްޓައި އެވަގުތާއި ދިމާވެ، ކަމަކަށް އެދި ﷲ އަށް ދަންނަވައިފި ނަމަ އެކަމެއް ދެއްވާނެއެވެ." 

އަދި صحيح مسلم ގައި أبو موسى ގެ އަރިހުން ރިވާވެގެން ވެއެވެ. 

(( أنها ما بين خروج الإمام - يعني دخوله المسجد - إلى أن تقضى الصلاة )). 

"އެ ސާޢާތަކީ އިމާމާ މިސްކިތަށް ވަނީއްސުރެ، (މެމްބަރަށް އެރީއްސުރެ ނަމާދުގެ ނިޔަލަށެވެ." މިއީ އިޖާބައިގެ ވަގުތެވެ. އިންސާނާއަށް އެކަށީގެން ވަނީ ދެ ޚުޠުބާގެ ދެމެދުގައި ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދި އޭނާ ބޭނުން ދުޢާއެއް ކުރުމުގައި މިވަގުތުގެ ބޭނުން ހިފުމެވެ. ހަމަ އެފަދައިން އިމާމުވެސް ސިއްރުން ދުޢާ ކުރާނީއެވެ. އަދި ހުކުރު ނަމާދުގައި ސަޖިދައިގެ ތަސްބީހަ ކިޔުމަށްފަހުގައި ދުޢާ ކުރާނީއެވެ. ހަމައެފަދައިން އައްތަޙިއްޔާތުގައިވެސް ސަލާންދިނުމުގެ ކުރިން ދުޢާ ކުރުމަށް އަމުރުވެވިގެން ވެއެވެ." 

ހަމަ އެއާއިއެކު އެވަޤުތުކޮޅު ވަނީ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދާއި ދެމެދުގައި ކަމަށްވެސް ވަރަށް ގިނަ ޢިލްމުވެރިން ބަޔާން ކުރައްވައެވެ. އެއިގެ އިތުރުން ހުކުރު ދުވަހުގެ އެންމެ ފަހު ސާޢަތުގައި ކަމަށްވެސް ޞައެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ. 

ޤަބޫލުކުރަން އޮތް ކަމަކީ އެވަޤުތުކޮޅު ވަނީ ވަންހަނާކުރައްވަވާފައިކަމެވެ. އަދި އެވަޤުތުކޮޅާއި ދިމާވާގޮތަށް އެމީހަކު ބޭނުން ކަމަކަށް އެދި ދުޢާކޮށްފިނަމަ އެމީހާގެ ބޭނުން އެމީހާ އެދުނުފަދައިން ފުއްދަވައިދެއްވަވާނެތެވެ. އިން ޝާ ﷲ އެވަޤުތު ލިބިގަންނަން ބޭނުން މީހާއަށް އޮތީ ހުރު ދުވަހަށް އިރުއެރުމާއިއެކު ވީހައި ގިނައިން ހެޔޮ ޢަމަލުކޮށް ދުޢާކުރުންމަތީގައި ހުރުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން