ފާފަކުރެވުނަސް ކަންބޮޑުނުވާށެވެ! ސުވަރުގެ އުފެއްދެވީ ފާފަކުރެވުމުން ތައުބާވީ މީހުންނަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ފާފަކުރެވުނަސް ކަންބޮޑުނުވާށެވެ! ސުވަރުގެ އުފެއްދެވީ ފާފަކުރެވުމުން ތައުބާވީ މީހުންނަށެވެ!

ޙަދީޘްފުޅުގައި އޮތީ ކޮންމެ އާދަމްގެދަރިއަކީވެސް ފާފަކުރެވޭނެ މީހަކު ކަމަށެވެ. ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް މުސްލިމުންގެ ތެރެއިން އެތައްބައަކު ގެންދަނީ ފާފަތައް ކުރަމުންނެވެ. ކުދިފާފަތަކާއި ބޮޑެތި ފާފަތަކެވެ. ކުޑަފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮ ޢަމަލެއް ކުރުމުން އެމީހާގެ ދަރަޖަދަނީ އުފުލިގެނެނެވެ. ކުރާ ކޮންމެ ފާފައެއްވެސް ލިޔުއްވަވާނީ އެއް ފާފައިގެ ގޮތުގައިކަމަށްވެފައި ހެޔޮކަމެއް ކުރުމުން 10 ހެޔޮކަން ދެއްވަވާތީއެވެ. 

ދެން އޮތީ ބޮޑެތި ފާފަތަކެވެ. ބޮޑުފާފައެއްކަމުގައި ހިމެނޭ ފާފައެއް ކުރެވިއްޖެނަމަ ތައުބާވާންޖެހެއެވެ. އެކަމަށް ޚާއްޞަ 2 ޝަރުޠެއްވެސް އެބައޮތެވެ. އެއީ ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުމާއި އިތުރަށް ފާފަނުކުރަން މަސައްކަތްކުރުމެވެ. މި ދެޝަރުޠޫ ފުރިހަމަކޮށް ޢަމަލުކުރުމުގައި ސާބތުވެއްޖެ މީހާ އަށް ﷲ ތަޢާލާ ދެއްވަވާފައިވާ އުފާވެރިކަމުގެ ޚަބަރު އެނގޭހެއްޔެވެ؟ 

އެ ޚަބަރަކީ ސުވަރުގެ އުފައްދަވާފައިވަނީ އެފަދަ މީހުންނަށްޓަކައިކަމެވެ. ﷲ ތައާލާ ދެއްވަވާފައިވާ ދައުވަތު މިކަމުގެ ދަލީލަކަސް ފުދެއެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތިއަބައިމީހުން ﷲ އަށް ތައުބާވާށެވެ! އެއިރުން ތިއަބައިމީހުންގެވެރި ރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުއްތައް ފުއްސަވައި، އެތާނގެދަސުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާ އާއި އެކަލޭގެފާނުގެ އަރިއަހުގައިވާ އީމާންވި މީހުން، ﷲ ނިކަމެތި ނުކުރައްވަވާނެ ދުވަހުގައެވެ. އެއުރެްގެ ތައުބާ އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ. އެއުރެން ބުނާނެތެވެ. އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަސް ފުރިހަމަކޮށްދެއްވަވާނދޭވެ! އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަސް ކުލަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް: 8) 

މިއާޔަތުގައި އެވަނީ ފާފަ ފުއްސަވައި ދެއްވެވުން އެދި ކުރަންވީ ދުޢާއެއްވެސް ބަޔާންކުރައްވަވައިފައެވެ. 

رَبَّنَاۤ اَ تۡمِمۡ لَـنَا نُوۡرَنَا وَاغۡفِرۡ لَـنَا ۚ اِنَّكَ عَلٰى كُلِّ شَىۡءٍ قَدِيۡرٌ 

" އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވަވާނދޭވެ! އަދި އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." 

އަދިވެސް ﷲ ތަޢާލާ ވަޙިކުރައްވަވާފައިވެއެވެ. 

"—ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠޯހިރުވާ މީހުންދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (އަލްބަޤަރާ: 222) 

ޠޯހިރުވުމަކީ ހަމައެކަނި ފެންވަރައި ސާފުތާހިރުވުން ކަމަށް ދެކެގެންނުވާނެއެވެ. އެންމެ މުހިންމީ ފާފަތަކުން ނަފުސް ޠޯހިރުކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން