ރަސޫލާ ޞޢޥ, މަދީނާއަށް ވަޑައިގަތުމަށްފަހު ފުރަތަމަވެސް ބަޔާންކޮށްދެއްވެވީ އެކަންކަން ކުރުމުން ސުވަރުގެ ލިބޭނެ ކަމެކެވެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރަސޫލާ ޞޢޥ, މަދީނާއަށް ވަޑައިގަތުމަށްފަހު ފުރަތަމަވެސް ބަޔާންކޮށްދެއްވެވީ އެކަންކަން ކުރުމުން ސުވަރުގެ ލިބޭނެ ކަމެކެވެ!: ޑރ. ޔާސިރު ޤާޟީ

ރަސޫލް މަދީނާއަށްވަޑައިގަތުމަށްފަހު ފުރަތަމަވެސް މުޚާޠަބްކުރެއްވެވީ މުސްލިމުންނަކަށް ނޫނެވެ. އެއިރު މަދީނާގައި މުސްލިމުންގެ ވަރަށް މަދެވެ. ކޮންމެއަކަސް ރަސޫލް މުޚާޠަބްކުރެއްވެވީ އެންމެހައި މީސްތަކުންނަށެވެ. 

ޙަދީޘްފުޅު ކުރެއްވެވީ 4 ކަމެއްގައި ޘާބިތުވެ ތިބުމަށެވެ. އެއީ:

1 ހައިހޫނުކަމުގައި ތިބި މީހުންނަށް ކާންދިނުން

2 މީސްތަކުންގެ މުދުގައި ސަލާމް ފެތުރުން

3 ރަޙިމުގެ ގުޅުން ދެމެހެއްޓުން

4 މީސްތަކުން ނިދާފައި ތިބޭވަޤުތު ނަމާދުކުރުން 

މި 4 ކަންތައް ޙަދީޘްފުޅު ކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވީ މި 4 ކަންތައް ކޮށްފި މީހަކަށް ސުވަރުގެ ދެއްވަވާނެ ކަމަށެވެ. ސުވަރުގެ ވައްދަވައިފިމީހަކު ސުވަރުގެ ވަދެގެންދާނީ މަލާއިކަތުންގެ ސަލާމް ލިބެމުންދާ ޙާލުގައި އުފަލުން ފުރިގެން ހުރެއެވެ. އެހިސާބުން އެމީހަކަށް އެއްވެސް ދެރައެއް ލިބިމެއް ހިތްދަތިކަމެއް ލިބުމެއް ކަންބޮޑުވުމެއް ކުރިމަތިވުމެއްވެސް ނުވެއެވެ. 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން 

Narrated in an authentic hadith in at-Tirmidhi, ‘Abdullah bin Salaam said:

“When the Messenger of Allah arrived- meaning in Al-Madinah – the people came out to meet him. It was said that the Messenger of Allah had arrived, so I went among the people to get a look at him. When I gazed upon the face of the Messenger of Allah , I knew that this face was not the face of a liar. The first thing that he spoke about was that he said: ‘O people, feed the hungry, spread Salaam (greeting of peace), maintain your kin relationships, and pray at night while others are asleep. With this, you shall enter Heaven in peace.'” [Sahih]

 

މިއަދު އޮންލައިން