"އައްސަލާމް ޢަލައިކުމް"ގެ ފުރިހަމަ މާނައަށް ޢަމަލުކުރާނަމަ ދުނިޔޭގަ އެއްވެސް ހަމަނުޖެހުމެއް ނޯންނާނެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
"އައްސަލާމް ޢަލައިކުމް"ގެ ފުރިހަމަ މާނައަށް ޢަމަލުކުރާނަމަ ދުނިޔޭގަ އެއްވެސް ހަމަނުޖެހުމެއް ނޯންނާނެ!: ޑރ. ޔާސިރު ޤާޟީ

މީސްތަކުންނޭވެ! ސަލާމް ފެތުރުމަކީ ހަމައެކަނި "އައްސަލާމް ޢަލައިކުމް" "އައްސަލާމް ޢަލައިކުމް" ކިޔަމުން ހިނގުމެއް ނޫނެވެ. އެއިގެ މާނައަށް ޢަމަލުކުރުމެވެ. އެއިގެ މާނައިގައި ވަނީ ތިބާއަށް އަހުރެންގެ ކިބައިން ސަލާމަތްކަން ހުރިކަމަށެވެ. އެހެންވީމާ "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމްކޮށްފައި އޭނާއަށް ދެރައެއް ދޭން ހެޔޮނުވާނެއެވެ. އެފަދަ ކަމެއް ހިތަށް އަރުވަންވެސް ހެޔޮނުވާނެވެ. މިބަހުގައި ﷲ ތަޢާލާގެ ނަންފުޅެއްވެސް ހިމެނިގެންވެއެވެ. ވީމާ މިއީ އާދައިގެ ބަހެއްވެސް ނޫނެވެ. މާމަތިވެރި ބަހެކެވެ. 

"އައްސަލާމް ޢަލައިކުމް" އަކީ ދުޢާއެއްވެސް މެއެވެ. އެމީހަކަށް ސަލާމަތްކަން ދެއްވެވުން އެދިގެންނާއި އެއްވެސް ދެރައެއް ހިތާމައެއް ނުރައްކަލެއް މެދުވެރި ނުކުރެއްވެވުން އެދިގެން ކުރެވޭ ދުޢާއެކެވެ. އަދި އުފާވެރިކަމާއި ހިތްހަމަޖެހުން ދެއްވެވުން އެދިގެންވެސް މެއެވެ. އަދި މާތް ﷲގެ ޙަޟްރަތުން އެމީހަކަށް ސަލާމް ލެއްވެވުން އެދިގެންވެސް މެއެވެ. މާނައަކީ މިބުނި ހިރިހާ ކަންކަން މިންވަރުކުރެއްވެވުން އެދިގެންނެވެ. 

ސަލާމްކުރުމާއި ސަލާމް ފެތުރުންވަނީ ރިވެތި އަޚްލާޤްގެ ތެރެއިންނެވެ. ރަސޫލް ޙަދީޘްފުޅު ކުރައްވާފައިވާ މާނައިގައި ސަލާމް ފަތުރާނަމަ މުޖުތަމަޢުގައި އެއްވެސް މައްސަލައެއް، ހަަމނުޖެހުމެއް ދެކޮޅުވެރިކަމެއް ނުއޮންނާނެއެވެ. އެއީ އެއްވެސް މީހަކަށް ދެރައެއް، ނުވަތަ ގެއްލުމެއް ދޭން އެއްވެސް މީހަކު މަސައްކަތްނުކުރާނެތީއެވެ. ނެތިމޮށުމާއި ޣީބަބުނުން ނުއޮންނާނެތީއެވެ. 

އެންމެ ރަނގަލު މިސްލިމަކަށް ވެވޭ ކަންކަމުގެ ތެރޭގައިވެސް ސަލާމްކުރުން ފެތުރުން ހިމެނެއެވެ. އެފަދަ މީހަކަށްވާން ބޭނުންނަމަ ސަލާމްކުރަންވީ ހަމައެކަނި ދަންނަ މީހުންނަކަށް ނޫނެވެ. ނުދަންނަ މީހުންނަށްވެސް ސަލާމްކުރަން ޖެހެއެވެ. ހިތާމައަކީ މިއާދަ ނެތެމުންދާ ކަމެވެ. 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން