ޛިކުރުކުރުން ގިނަކުރުމުގެ ފައިދާއާ ޛިކުރުކުރާ މީހުންގެ ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ޛިކުރުކުރުން ގިނަކުރުމުގެ ފައިދާއާ ޛިކުރުކުރާ މީހުންގެ ދުޢާ-

އަހަރެމެން މުސްލިމުން ޛިކުރުކުރާކަށް ވަކިވަގުތެއް ނެތެވެ. މާނައަކީ އެއީ އެމީހަކު ބޭނުންވުމުން ކޮންމެ ވަގުތަކުވެސްކުރަން އޮތްކަމެކެވެ. އިށީނދެއިނދެގެން، އޮށޯވެ އޮވެގެން އަދިކޮޅަށް ހުރެގެްނވެސް ކުރެވެން އޮތްކަމެކެވެ. 

"އެއުރެންނީ ކޮޅަށް ތިބެގެންނާއި އިށީނދެތިބެގެންނާއި އޮށޯވެ ތިބެގެން ﷲ ހަނދުމަކޮށް، އުޑުތަކާއި ބިން ﷲ ހެއްދެވިގޮތާއިމެދު ފިކުރުކޮށްއުޅޭ މީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިނބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލްގޮތެއްގައެއް ނޫނެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއިއެވެ! ފަހެ، ނަރަކައިގެ ޢަޖާބުން އަޅަމެން ދިންނަވާދޭވެ!" (އާލްޢިމްރާން: 191)  

"....ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވެވިއެވެ." (އަލްއަޙްޒާބް: 35)

ބައެއް މީހުން ދެކޭ ގޮތުގައި ޛިކުރުކުރުމަކީ ނަމާދަށްފަހު ނުވަތަ ހެނދުނާއި ހަވީރު ނުވަތަ ވަކިވަގުތަކު އެކަމަށް ޚާއްޞަވެގެން އިނދެ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެގޮތަށް އެކަނި ކުރަން އޮތްކަމެއް ނޫނެވެ.

ނަމާދަށްފަހުވެސް އަދި ހެނދުނާއި ހަވީރު ވެސް ޛިކުރުކުރާށެވެ! އެހެނަސް އެވަރަކުންވެސް ނުފުދެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެންދާނީ ޛިކުރުކުރުންގިނަކުރިވަރަކުންނެވެ. އަދި ﷲ ތައާލާ އެމީހެއްގެ މަތިން ހަނދުމަކުރައްވަވާނީވެސް އެމީހަކު ޛިކުރުކުރިވަރަކުންނެވެ.

ޛިކުރްކޮށް ﷲ ތަޢާލާ ހަނދުމަކުރާ މީހުންގެ ދުޢާ:

رَبَّنَا مَا خَلَقۡتَ هٰذَا بَاطِلًا ۚ سُبۡحٰنَكَ فَقِنَا عَذَابَ النَّارِ

އަޅަމެންގެ ވެރިރަސްކަލާކޮ! އިނބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، ބާޠިލްގޮތެއްގައެއް ނޫނެވެ. އިނބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއިއެވެ! ފަހެ، ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވާދޭވެ!" (އާލްޢިމްރާން: 191) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން