ސިޙުރާ ސިޙުރުގެ ފަރުވާ 4: ސިޙުރުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 17މ 15ސ
ސިޙުރާ ސިޙުރުގެ ފަރުވާ 4: ސިޙުރުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް-

ސިޙުރުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް: 

1. ﷲއަށް އިޚްލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، ޝިރުކުކުރުމުން ދުރުހެލިވުން.

2. ﷲއަށް އެންމެހާ ޙާލެއްގައި ކިޔަމަންތެރިވުމާއި، ފާފަތަކުން ދުރުހެލިވުން. މިގޮތުން ފަރުޟުފަސްނަމާދު ވަގުތުގައި ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

3. ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ ޛިކުރުތަކާއި ދުޢާތައް ކިޔުން. މިގޮތުން ހެނދުނާއިހަވީރުގެ ދުޢާއާއި، ނިދުމުގެ ކުރިންކުރާ ދުޢާތަކާއި، ފާޚާނާއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާއާއި، ގެއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާފަދަ ދުޢާތަކަކީ ވަރަށް މުހިއްމު ދުޢާތަކެކެވެ.

4. ޤުރުއާން ކިޔެވުން. މިގޮތުން ވީވަރަކުން ޚާއްޞަކޮށް ބަޤަރާސޫރަތް ކިޔެވުމަކީ ޝައިޠާނާގެ ދުއްތުރާތަކުން ގެއާއި މީހާ ސަލާމަތްވާނެކަމެކެވެ.

5. މިއުޒިކު ސާމާނާއި، ދިރޭތަކެތީގެ ޞޫރަތައް ފަދަ  ﷲ ޙަރާމްކުރެއްވި ތަކެތިން ގޭތެރެ ޠާހިރުކުރުން.

6. އިރުއޮއްސުނީއްސުރެ ގަޑިއިރެއްހާއިރު ވެލަންދެން ކުޑަކުދިން ގެއިންބޭރަށް ނުނެރުން. މިވަގުތަކީ ބިންމަތީގައި ޝައިޠާނުން ފެތުރިގަންނަ ވަގުތެވެ. 

ސިޙުރު ބާޠިލުކުރާނެ ގޮތްތައް: 

1. ގިނަގިނައިން ސަލާމަތްކުރެއްވުމަށް ދުޢާކުރުން. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ސިޙުރުޖެހިވަޑައިގަތުމުން ވަރަށް ގިނަ ފަހަރު ދުޢާކުރެއްވިއެވެ.

2. ސިޙުރު ހުރިތަން އެނގޭނަމަ، އެއެއްޗެއް ނެތިކޮށްލުން.

3. ކަވާޖެހުން (ޙިޖާމާޖެހުން). ސިޙުރުޖެހިފައިވާ ގުނަވަނުގައި ކަވާޖެހުމަކީ ފައިދާކުރުވަނިވި ކަމެކެވެ.

4. ޛިކުރުތަކާއި، ދުޢާތަކާއި، ޤުރުއާންކިޔެވުމާއި، އިސްތިޣުފާރުކުރުން ގިނަކުރުން. 

ސިޙުރަށް ފަރުވާކުރުން (ރުޤްޔާހެދުން): 

މިގޮތަށް ރުޤްޔާ ހެދުމުގައި ތިން ޝަރުޠެއް އެކުލެވިގެންވާކަން ދެނެގަންނަންޖެހެއެވެ.

1. ﷲގެ އިސްމުފުޅުތަކުންނާއި ޞިފަފުޅުތަކުން ކުރެވޭ ދުޢާއަކަށް ވުން.

2. ޢަރަބިބަހުން ނުވަތަ އެހެން ބަހަކުން ނަމަވެސް އެކިޔެވޭ އެއްޗެއްގެ މާނައެނގޭ ބަހުރުވައެއްކަމުގައި ވުން.

3. މިގޮތަށް ރުޤްޔާ ހެދުމަކީ ބަލިފަސޭހަވުމުގެ ސަބަބެއްކަމަށާއި، ޝިފާލިބޭހުށީ ﷲގެ އިޒުނަފުޅުންކަމުގައި ފަރުވާކުރާމީހާއާއި ފަރުވާކުރެވޭމީހާ ތެދުހިތުން ޤަބޫލުކުރުން. 

މިގޮތުން ފަރުވާކުރުމަށްޓަކައި ޤުރުއާނުގެ ކޮންމެ ސޫރަތެއް އަދި ކޮންމެ އާޔަތެއްވެސް ކިޔެވިދާނެއެވެ. ﷲވަޙީކުރައްވާފައިވެއެވެ.

((وَنُنَزِّلُ مِنْ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ وَلا يَزِيدُ الظَّالِمِينَ إِلاَّ خَسَاراً)) الإسراء: 82   

މާނައީ: "އަދި މި ކީރިތި ޤުރުއާނުގައި މުއުމިނުންނަށްޓަކައިވާ (މާއްދީ އަދި ނަފްސާނީ ބަލިބަލީގެ) ޝިފާއާއި ރަޙްމަތް ވެއެވެ. އަދި އަނިޔާވެރިންނަށް ގެއްލުމާއި ހަލާކުމެނުވީ އިތުރުނުވެއެވެ." 

މިއާޔަތުން އެނގޭގޮތުގައި ކީރިތި ޤުރުއާނުގެ ކޮންމެ ސޫރަތަކާއި އާޔަތަކީ ޝިފާއެކެވެ. 

ޝެއިޚް ޢަބްދުލްޢަޒީޒް ބުން ބާޒް ރަޙިމަހުﷲ “ޙުކުމުއް ސިއްޙުރު ވަލްކިހާނާ ވަމާ ޔަތަޢައްލަޤުބިހާ” މިފޮތުގައި ބަޔާންކުރައްވާފައިވެއެވެ. 

ބަލިޖެހިފައިވާމީހާގެ ހަމަބުއްދިހުރެ، އަމިއްލައަށް ރުޤްޔާ ކިޔެވޭނަމަ އަމިއްލައަށް ރުޤްޔާކުރެވިދާނެއެވެ. އެހެންނޫންނަމަ، އެހެން މީހަކު ކިޔަވާފައި ބަލިމީހާގެ މެއަށް ނުވަތަ ގަޔަށް ނަމަވެސް ފުމޭނީއެވެ. 

1.((بسم الله الرحمن الرحيم (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ (7))) الفاتحة: 1 – 7

2.((اللَّهُ لا إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ لَهُ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلاَّ بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَوَاتِ وَالأَرْضَ وَلا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ)) البقرة: 255 

3. وَأَوْحَيْنَا إِلَى مُوسَى أَنْ أَلْقِ عَصَاكَ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ (117) فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ (118) فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ (119))) الأعراف: 117 – 119

4. ((وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ (79) فَلَمَّا جَاءَ السَّحَرَةُ قَالَ لَهُمْ مُوسَى أَلْقُوا مَا أَنْتُمْ مُلْقُونَ (80) فَلَمَّا أَلْقَوْا قَالَ مُوسَى مَا جِئْتُمْ بِهِ السِّحْرُ إِنَّ اللَّهَ سَيُبْطِلُهُ إِنَّ اللَّهَ لا يُصْلِحُ عَمَلَ الْمُفْسِدِينَ (81) وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ (82))) يونس: 79 – 82

5.((قَالُوا يَا مُوسَى إِمَّا أَنْ تُلْقِيَ وَإِمَّا أَنْ نَكُونَ أَوَّلَ مَنْ أَلْقَى (65) قَالَ بَلْ أَلْقُوا فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَى (66) فَأَوْجَسَ فِي نَفْسِهِ خِيفَةً مُوسَى (67) قُلْنَا لا تَخَفْ إِنَّكَ أَنْتَ الأَعْلَى (68) وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا إِنَّمَا صَنَعُوا كَيْدُ سَاحِرٍ وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى (69))) طه: 65 – 69

6. (((بسم الله الرحمن الرحيم) قُلْ يَا أَيُّهَا الْكَافِرُونَ (1) لا أَعْبُدُ مَا تَعْبُدُونَ (2) وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ (3) وَلا أَنَا عَابِدٌ مَا عَبَدتُّمْ (4) وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ (5) لَكُمْ دِينُكُمْ وَلِيَ دِينِ (6))) الكافرون: 1 – 6

7.(((بسم الله الرحمن الرحيم) قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُواً أَحَدٌ (4))) الإخلاص: 1 – 4

8.(((بسم الله الرحمن الرحيم) قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5))) الفلق: 1 – 5

9.(((بسم الله الرحمن الرحيم) قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنْ الْجِنَّةِ وَالنَّاسِ (6))) الناس: 1 – 6

10.((اللَّهُمَّ رَبَّ النَّاسِ مُذْهِبَ الْبَأْسِ اشْفِ أَنْتَ الشَّافِي لاَ شَافِيَ إِلاَّ أَنْتَ شِفَاءً لاَ يُغَادِرُ سَقَمًا))[

11.((بِسْمِ اللَّهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ وَمِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنٍ حَاسِدٍ اللَّهُ يَشْفِيكَ بِسْمِ اللَّهِ أَرْقِيكَ)) 

އަދި މިބުނެވުނު އާޔަތްތަކާއި ދުޢާތައް ފެންއެއްޗަކަށް ކިޔެވުމަށްފަހު، އެފެނުގެ އެއްބައި ބޮއެފައި، އަނެއްބައިން ހަށިގަނޑު ދޮވެލުމަކީވެސް ފައިދާކުރުވަނިވި ކަމެކެވެ. އަދި ހަތް ކުންނާރުފަތް ޗިސްކޮށްލެވުމަށްފަހު، ފެން އެއްޗަކަށް އަޅައިގެން ކިޔަވާފައި، އެފެނުގެ އެއްބައި ބޮއެފައި، އަނެއްބައިން ހަށިގަނޑު ދޮވެލުމަކީވެސް ފައިދާކުރުވަނިވިކަމެކެވެ. މިއިން ކޮންމެ ގޮތަކީވެސް ﷲގެ އިރާދަފުޅުން ޝިފާ ލިބޭނޭކަމެކެވެ. ރަނގަޅު ވަންދެން މިގޮތަށް ތަކުރާރު ކުރާނީއެވެ.

ދުޢާ ތަކަކީ ތޫނު ކަނޑިއެއް ފަދަ އެއްޗެއްކަން ދަންނާށެވެ! އެދުޢާއެއް އިޖާބަވުން ވަރަށް ގިނަސަބަބުތަކާ ގުޅިފައިވާކަން ދަންނާށެވެ. މިގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާއީ ދުޢާތައް އައްސަވާވޮޑިގެންވާ، ދުޢާތައް އިޖާބަކުރައްވާ އިލާހުކަން ހިތުއަޑިން ޤަބޫލުކުރަންޖެހޭނެއެވެ. އަދި އެއިލާހަށް ކުރާ ދުޢާ، އެއިލާހު އިޖާބަކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިތުގައި އޮންނަންޖެހޭނެއެވެ. އަދި ދުޢާކުރުމުން މާޔޫސްނުވުންވެއެވެ. ހަމައެހެންމެ، ވީވަރަކުން ހެޔޮޢަމަލުތައް ކުރުމުން އެއިލާހަށް ކުއްތަންވުމާއި، އެއިލާހަށް އުރެދުމުން ދުރުހެލިވުމަކީ ތިމާގެ ދުޢާތައް އިޖާބަވުމުގެ ސަބަބުތަކެވެ.

 

- އައްޝައިޚް މުޙައްމަދު ސިނާންގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން