އަތުގަ އަހަރުވަންދެން ހަހާސް ރުފިޔާ ރައްކައުކޮށްފަ ބާއްވާނެ ތަނަވަސްކަން ދެއްވެވި ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ނަމަވެސް އެންމެ ސަތޭކަފަންސާސް ރުފިޔާ ޒަކާތަށް ނުދައްކައި ހުންނާނަންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އަތުގަ އަހަރުވަންދެން ހަހާސް ރުފިޔާ ރައްކައުކޮށްފަ ބާއްވާނެ ތަނަވަސްކަން ދެއްވެވި ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން ނަމަވެސް އެންމެ ސަތޭކަފަންސާސް ރުފިޔާ ޒަކާތަށް ނުދައްކައި ހުންނާނަންހެއްޔެވެ؟

ދުރަތަމަވެސް ސުވާލެއް ކޮށްލާނަމެވެ. މިހާރަށް ބަލައިފިނަމަ ޒަކާތް ނެރެންޖެހޭނީ އެމީހެއްގެ އަތުގައި ނުވަތަ އެކައުންޓުގައި މަދުވެގެން 5777.45 ހުރެއްހެނަމައެވެ. ޒަކާތަށް ދައްކަންޖެހޭނީ އެންމެ 2.5 އިންސައްތައެވެ. އެއީ 6000 ރުފިޔާ އަށް ބަލައިފިނަމަ އެންމެ 150 ރުފިޔާއެވެ. 

ދެން ނިކަން ބުނެބަލާށެވެ! ތިބާއަށް ބޭނުންކުރަން ނުޖެހި އަތުގައި އަހަރުދުވަސްވަންދެން 6000 ރުފިޔާ ރައްކައުކޮށްފައި ބާއްވަން ތަނަވަސްކަން ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުން ނަމަވެސް އެންމެ 150 ރުފިޔާ ޒަކާތަށް ނުދައްކައި ހުންނާނަންހެއްޔެވެ؟ 

މުދަލު ޒަކާތް މިކިޔަނީ ހަމައެކަނި އަތުގައި ހުންނަ މުދަލަކަށް ނޫނެވެ. އެކައުންޓުގައި ޖަމާކުރެވިފައި ހުންނަ ފައިސާއަކީވެސް ހަމަމުދަލެވެ. ޒަކާތަކީ ނެރުން އެމީހެއްގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. އެއީ ޝަރުޠު ހަމަވުމުން ވާޖިބުވާ ކަމެކެވެ. 

ޒަކާތް ނުނެރުމުން އެއީ ކުރެވޭ ބޮޑު ފާފައެއްކަން ބަޔާން ކުރެއްވުމުގެ ގޮތުން ބައެއް ޢިލްމްވެރިން ވިދާޅުވަނީ ޒަކާތް ވާޖިބުވެ ޒަކާތް ނުނެރޭ މީހާ އެހުންނަނީ ﷲ ތަޢާލާގެ ޙައްޤުފުޅަކަށް އަރައިގަނެގެން ކަމަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

3 ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބު:

ވިޔަފާރި ނުކުރާކަމުގައި ވަނީނަމަވެސް އެމީހެއްގެ އެކައުންޓަގައި މިލްކިއްޔާތުގައި ނިސޯބް ހަމަވާވަރަށް ފައިސާ ހުރިކަމުގައިވާނަމަ މުދަލުޒަކާތް ނެރުން އެއީ ވާޖިއްބެއްތޯ. ނުނެރެފިނަމަ ފާފަވެރިވާނެތޯ؟

އެކައުންޓަށް ޖަމާކޮށްފައި ހުންނަ ފައިސާ އަށް އަހަރުހަމަވެ، ނިޞާބު ހަމަވެއްޖެނަމަ، ޒަކާތް ދައްކަން ޖެހޭނެއެވެ. ޒަކާތް ނުދައްކާ ހުރުމަކީ ފާފަވެރިވާނެ ކަމެކެވެ. والله أعلم

އާދަމްގެފާނަކީ ރަސޫލުބޭކަލެއްތޯ؟

އާދަމް ޢަލައިހިއްސަލާމް އަކީ ނަބީ ބޭކަލެކެވެ. ރަސޫލު ބޭކަލެއް ނޫނެވެ. والله أعلم

ހައިޟުވެރިޔާއަށް މައްޔިތާގެ ކައިރިއަށް މޫނުބެލުން ފަދަ ކަމަކަށް ވަދެވިދާނެތޯ؟ ނުވަތަ އެހާލަތުގައި ހުރުމުން ކޮންމެހެން ވަންނަންޖެހޭ ފަދަމީހަކަށް ވާނަމަ ކަންތައްކުރަންޖެހޭ ގޮތެއް އޮވޭތޯ؟.

ޙައިޟުވެރިޔާ މައްޔިތާގެ މޫނު ބަލަން ދިޔުމަކީ އެންމެ ރަގަޅު ކަމެކެވެ. والله أعلم

 

މިއަދު އޮންލައިން