މިމަސްތެރޭގައި އަޅުގަނޑުމެން ރާއްޖޭގައިވެސް، މި (އެއްޖިންސުން ގުޅުންހިންގުމާއި އެއްޖިންސުން ކައިވެނިކުރުމުގެ) ފާޙިޝް ހަޑިމުޑުދާރުޢަމަލުތައް ޕްރޮމޯޓްކޮށް ނޯމަލައިޒް ކޮށް ޙައްޤެއް ކަމަށް ވިސްނައިދިނުމަށް (ޑީސެންސިޓައިޒް ކުރުމަށް)، ވިއްސާރަ ދުނީގެ ކުލަތައް ބޭނުންކުރުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެއްކަމަށާއި އެމީހުން ބުނާނީ "ރޭންބޯ" ރަމްޒްކޮށްދެނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި ޤުދްރަތީ ރީތިކަން" ކަމަށް ޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ޝައިޚް އާދަމް ނިޝާން ވިދާޅުވީ ޙައްޤުތަކަށް ގޮވާލާ ލާދީނީ ޖަމާޢަތްތަކުން ހިންގާ ޙަރަކާތްތަކުގައި ރާއްޖޭގެ ސްކޫލްތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުގައި މި ޙަރަކާތް ވަރަށް ހީލަތްތެރި ގޮތަކަށް ކުރިއަށް ގެންގޮސްފާނެ ކަމުގެ ބިރު އޮތުމުން ރާއްޖޭގެ އެއްވެސް ތަނެއްގައި އެފަދަ ކަމެއް ހިންގާނަމަ އެކަން ސަމާލުކަމަށް ގެނެސް އެކަމާއި ދެކޮޅަށް ފައުޅުގައި ނުކުންނަން ޖެހޭނެކަމަށެވެ.
"މުސްލިމް އަޚުންނާއި އުޚްތުންނޭ! ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިވެލައްވާ!
މިމަސްތެރޭގައި އަޅުގަނޑުމެން ރާއްޖޭގައިވެސް، ސްކޫލުތަކާއި ރަސްމީ ބައެއް އިދާރާތަކާއި، ޙައްޤުތަކަށް ގޮވާލުމުގެ ނަމުގައި ޙަރަކާތްތެރިވާ ލާދީނީ ފިކުރުތަކުގެ އެންޖީއޯތަކުން ބާއްވާ ޙަރަކާތްތަކުގައި، މިފާޙިޝް ހަޑިމުޑުދާރުޢަމަލުތައް ޕްރޮމޯޓްކޮށް ނޯމަލައިޒް ކޮށް ޙައްޤެއް ކަމަށް ވިސްނައިދިނުމަށް (ޑީސެންސިޓައިޒް ކުރުމަށް), ވިއްސާރަ ދުނީގެ ކުލަތައް ބޭނުންކުރުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ. އަދި އެމީހުން ބުނާނީ ރެއިންބޯ އިން ރަމްޒުކޮށްދެނީ ﷲ ގެ ކުޅަދުންވަންތަކަމާއި ޤުދުރަތީ ރީތިކަން ކަމަށެވެ.
އެހެންކަމުން އެއްވެސް ތަނެެއްގައި މިފަދަކަމެއް ހިނގާކަން އެނގޭނަމަ ވަގުތުން އެކަމާ ދެކޮޅަށް އަޑުއުފުލައި, ސަމާލުކަމަށް ގެނެސް, އެކަން ހުއްޓުވުމަށް ފާޅުގައި ނިކުންނަން ޖެހެއެވެ."
ޝައިޚް އާދަމް ނިޝާނަކީ މިދިއަ އަހަރު ސަރުކާރުން ޝިރުކުކުރުން ޢާންމުކުރަން މަސައްކަތްކުރުމުން އެކަމާއި ދެކޮޅަށް ނުކުތް މީހުންނަށް ހަމަނުޖެހުމެއް ނުހިންގަން ނަޞޭޙަތްތެރިވެލެއްވުމުން ކްރިކެޓްކުޅުންތެރިން ދަނޑުން ބާލަން އެލްބީޑަބްލިޔޫ ދައްކާ އުޞޫލުން މިހާރުވެސް "އެލްބީޑަބްލިޔޫ" ދައްކައި އެކަހެރިކުރުވާފައިވާ ދީނީ ޢިލްމުވެރިއެކެވެ.
އިސްލާމް ދީނުގެ އިތުރުން ހުރިހާ ދީންތަކަކުންވެސް ދެކޮޅުހަދަމުން އަންނަ ފާހިޝް ޢަމަލުތައް ފަތުރަން އެލްބީޑަބްލިޔޫވެފައިތިބި މީހުން އެލްބީޑަބްލިޔޫކޮށް އެކަހެރިކުރަން މަސައްކަތްކުރުމަކީ ޙައްޤުމަގުގައި ތިބި އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ. އެކަމުގައި ޤަތަރުން ވަނީ ނިމިގެންދިއަ ވޯލްޑްކަޕްގައި ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކައި އެމީހުން އެލްބީޑަބްލިޔޫކޮށްފައެވެ.
މިމަސްތެރޭގައި އަޅުގަނޑުމެން ރާއްޖޭގައިވެސް، މިފާޙިޝް ހަޑިމުޑުދާރުޢަމަލުތައް ޕްރޮމޯޓްކޮށް ނޯމަލައިޒް ކޮށް ޙައްޤެއް ކަމަށް ވިސްނައިދިނުމަށް (ޑީސެންސިޓައިޒް ކުރުމަށް), ވިއްސާރަ ދުނީގެ ކުލަތައް ބޭނުންކުރުމަކީ ވަރަށް ބޮޑަށް ބެލެވޭ ކަމެކެވެ. pic.twitter.com/AdPwUdtv08
— Adam Nishan Ibn Ali Adam (@adamnishanali) June 3, 2023