އިންސާނާގެ ހަވާ ނަފްސް އަބަދުވެސް އެދޭނީ އުފާވެރިކަމަށެވެ. ހިތްހަމަޖެހުމަށެވެ. ދުނިޔޭގެ އުފާތަކަށެވެ. އެހެނަސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ﷲ ތަޢާލާއަށްޓަކައި ނުކޮށް ދޫކޮށްލައިފިނަމަ އެމީހަކަށް ދެއްވަވާނެ ނިޢްމަތްތައް އެނގޭނަމަ، އެކަންކަމަށް ވިސްނައިލެވޭނަމަވެސް އެއްވެސް މީހަކު ފާފައެއް ނުކުރާނެއެވެ.
عَنْ أَبِي قَتَادَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّكَ لَنْ تَدَعَ شَيْئًا لِلَّهِ عَزَّ وَجَلَّ إِلَّا بَدَّلَكَ اللَّهُ بِهِ مَا هُوَ خَيْرٌ لَكَ مِنْهُ
އަބީ ގަތާދާ ރިވާކުރައްވާފައިވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ތިބާ ﷲ އަށްޓަކައި ކަމެއް ދޫކޮށްލައިފިނަމަ ﷲ ތަޢާލާ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮ ކަމެއް ތިބާއަށް ދެއްވާނެއެވެ.
((لن تدع شيئًا)) މާނައީ: މިއީ މީހަކު ދޫކޮށްލާ ހުރިހާ ކަމެއް ހިމެނޭ އާންމު ލަފުޒެކެވެ. މާތްރަސްކަލާނގެ ވަޖްހުފުޅައްޓަކައެވެ.
((لله - عزَّ وجلَّ -))، މާނައީ: މި ޖުމްލައިގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ސާފުކޮށްދެއްވެވީ ދޫކޮށްލުމަކީ މާތްރަސްކަލާނގެ ރުއްސެއްވުން ހޯދުމަށް ކުރަން ޖެހޭނެ ކަމެކެވެ. އަދި އެއީ މީހަކުދެކެ ބިރުގަނެ، ނުވަތަ މީހެއްގެ ކިބައިން ލަދުވެތިވުމުން، ނުވަތަ އެކަމަށް މޭސްތިރިވާން ނުކުޅެދުމުން، ނުވަތަ އެހެން ކަމެއްގައި ކުރަން ޖެހޭނެ ކަމެއް ނޫން ކަމުގައެވެ.
((أبدله الله خيرًا منه)) މި ޖުމްލަ ބަޔާން ކޮށްދެއްވާފައިވަނީ ޖަޒާ ދެއްވުމުގެ ވާހަކައެވެ.
މި ޝަރުޠު ފުރިހަމަކުރާ މީހާއަށް ޙާޞިލުކުރެވޭ އެއްޗަކީ، ދޫކޮށްލާފައިވާ މީހާއަށް ދޫކޮށްލި އެއްޗަކަށްވުރެ ރަނގަޅު އަދި ރަނގަޅު ބަދަލެއް މާތްالله ދެއްވުމެވެ. ލޯތްބާއި، ހިތުގެ ހަމަޖެހުމާއި، ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަން ލިބިގެން ދިޔުމެވެ. މާތްالله މުއުމިނަށް އަންގަވާފައިވެއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި އޮތީ "ﷲ ތަޢާލާއަށް ބިރުވެތިވެއްޖެ މީހަކު، އެމީހާ ހުރި ދަތި އުނދަގޫތަކުން ނެރެދެއްވަވާނެ، އަދި އޭނާ ހީވެސް ނުކުރާ ގޮތުން އޭނާއަށް ރިޒުޤް ދެއްވަވާނެ" ކަމަށެވެ. ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ، ﷲ ތަޢާލާ ނަހީކުރެއްވެވި ކޮންމެ ކަމެއް އެމީހަކު ދޫކޮށްލި ނަމަވެސް އެއިގެ ބަދަލު ﷲ ތަޢާލާ ދެއްވަވާނެތެވެ.
މި ޙަދީޘް ބަސްފުޅު މާނަކޮށްދެއްވަމުން ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެފައިވަނީ:
(އޯޑިއޯ އަޑުއައްސަވާލައްވާ)
Hadith on Abstinence: Allah replaces it with something better
Abu Qatadah reported: The Prophet, peace and blessings be upon him, said, “Verily, you will never leave anything for the sake of Allah Almighty but that Allah will replace it with something better for you.”
Source: Musnad Aḥmad 23074
Grade: Sahih (authentic) according to Al-Arna’ut
- އިސްލާމީ ތިލަފަތުގެ ދަރުސަކުން