ފުރަތަމަ ޒަކާތް ނެރޭށެވެ! ޙައްޤުވާ މީހުން ނުހޯދިދާނެތީ ކަންބޮޑުވުމުގެ ކުރިން ބަލާއައިސް ފުނިޖެހޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ފުރަތަމަ ޒަކާތް ނެރޭށެވެ! ޙައްޤުވާ މީހުން ނުހޯދިދާނެތީ ކަންބޮޑުވުމުގެ ކުރިން ބަލާއައިސް ފުނިޖެހޭނެއެވެ!

މިހާރަކަށް އައިސް ގިނަބައަކު ކުރާ އެއް ސުވާލަކީ ޒަކާތް ނެރެފައި ދޭނީ ނުވަތަ ޙަވާލުކުރަންޖެހޭނީ ކޮންބައަކަށްތޯއެވެ. އެސުވާލުކުރުން ގިނަވާ ސަބަބުތަކުގެ ތެރޭގައި ޒަކާތުގެ ފައިސާ ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކުރުމުން އެއިން ބޭނުން ކުރެވޭ ގޮތާއިމެދު ހިތްހަމަނުޖެހުން ހިމެނެއެވެ. 

އެކަމަށް ކަންބޮޑުވުމެއް ނެތެވެ. ކަންބޮޑުވާނަމަ އަމިއްލައަށް ބަހައިލާށެވެ! ފުރަތަމަ ކަމަކަށް ޒަކާތް ނެރޭށެވެ! ޙައްޤުވެރިން ބަލައި އަންނާނެއެވެ. ޙަވާލުކުރަންވީ މީހުން ނުފެނިގެން އުޅޭކަށް ނުޖެހޭނެއެވެ. 

މުދަލުޒަކާތުގެ ޙައްޤުވެރިން ކީރިތި ޤުރްއާނުން އެނގެން އެބްއޮތެވެ. ވީމާ ޝައްކުކުރަންވީ ސަބަބެއް ނެތެވެ. އެންމެ މުހިންމީ ޒަކާތް ނެރުމެވެ. އެއިގެ ޙައްޤުވެރިންނަށް އަދާކުރުމެވެ. 

މުދަލު ޒަކާތުގެ ޙައްގު ވެރިން ބަޔާން ކުރައްވާ ކީރިތި ގުރްއާނުގެ ސޫރަތުއް ތައުބާގެ 60 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ.

(إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّـهِ ۗ وَاللَّـهُ عَلِيمٌ حَكِيمٌ ) 

މާނައަކީ: " ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ".

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން