މީސްތަކުންގެ ދީނީ ޢަޤީދާ ވަރުގަދަކުރުމާއި ދަރިންގެ ހިތްތަކުގައި ނަމާދުކުރުމާއި ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފެއްދެވުމާއި މަސްތުވާތަކެތިން ދުރުހެލި ކުރެއްވުމާއި ގޯސް އެންމެހާ އާދަ ތަކަކުން މީސްތަކުން ދުރުހެލި ކުރުމަށް އެދި ކުރާނެ އަސަރުގަދަ ދުޢާއެއް ހޯދަން ވަރަށް ގިނަ ބައަކު އުޅެއެވެ.
މިފަދަ ކަންކަމާއި ގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާ ޖަވާބަކީ:
"ވަކި ބަހަކުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ. ކޮންމެ ބަހަކުން ދުޢާ ކުރިނަމަވެސް، ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ވީމާ، ކޮންމެ މީހަކުވެސް އެމީހަކަށް ބޭނުން ޖެހިފައިވާ ކަންތައް ޙައްލުކޮށް ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ.
والله أعلم"
އިތުރު 2 ސުވާލާ ޖަވާބު:
މަރުވާ މީހުންގެ ޝަރަފުގައި ތަން ހެދުމުގެ ހުކުމަކީ ކޮބާހެއްޔެވެ؟
މަރުވެފައިވާ މީހުންގެ ރަގަޅުވާހަކަތައް ދައްކާ އެމީހުންގެ ޛިކްރާ އާލާ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެގޮތުން، އެމީހުންގެ ނަމުގައި ބިނާތައް ހެދުމަކީ އެންމެ ރަގަޅު ކަމެކެވެ. واللهأعلم
ހައިޟްވެގެންހުރެ ރަންކީ ދާނެތޯ؟
ޙައިޟުގެ ދުވަސްވަރުގައި ރަން ކިޔިދާނެއެވެ. والله أعلم
- ޑރ. ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް