ކީރިތި ޤުރުޢާނުގައި ނަންގަނެވިފައިވާ 6 މޭވާއެއް-

ކިޔުމަށް ހޭދަވާނީ 1މ 35ސ
ކީރިތި ޤުރުޢާނުގައި ނަންގަނެވިފައިވާ 6 މޭވާއެއް-

ފާޠިމަތު ނަޢީޝާ

 

· ކަދުރު

ކީރިތި ޤުރުޢާނުގައި ކަދުރުގެ ވާހަކަ 22 ފަހަރު އައިސްފައިވެއެވެ. 

" އަދި ތިމަންރަސްކަލާނގެ އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑާ ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. އަދި މަތިމައްޗައްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރު ރުށްތައްވެސް ފެޅުއްވީމެވެ."

(50:9-10)

ކަދުރަކީ ސިއްޙަތައް ފައިދާކުރަނިވި އެތަށް މާއްދާއެއް އެކުލެވޭ މޭވާއެކެވެ.   

· މޭބިސްކަދުރު

ކީރިތި ޤުރުއާނުގައި މޭބިސްކަދުރު އައިސްފައިވަނީ 11 ފަހަރެވެ.

"އެކަލާނގެ އެފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހައި މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް އެކަންކަމުގައި ހެއްކެއްވާކަންކަށަވަރެވެ." (16:11)

މޭބިސްކަދުރަކީ، ހަށިގަނޑުގެ ދަނގަޑުގާއި ހަކުރުގެ މިންވަރު ރަނގަޅަށް ބަލަހައްޓަން އެހީވެދޭ މޭވާއެކެވެ. 

· ޒައިތޫނި (olive)

ކީރިތި ޤުރުޢާނުގައި ޒައިތޫނި އައިސްފައިވަނީ 6 ފަހަރެވެ.

" އަދި ޒައިތޫނި ގަސްތަކާއި ކަދުރު ރުށްތައްވެސް ނެރުއްވީމެވެ." (80:29)

މިއީ ހިތާއި ހަޖަމްކުރުމުގެ ނިޒާމަށް އެތައް ފައިދާއެއްކޮށްދޭ މޭވާއެކެވެ. 

· އަންނާރު

ކީރިތި ޤުރުއާނުގައި އަންނާރު އައިސްފައިވަނީ 3 ފަހަރެވެ.

"އަދި އެދެސުވަރުގޭގައި އެކިބާވަތުގެ މޭވާއާއި ކަދުރު ރުކާއި އަންނާރުވެއެވެ." (55:68)

އެކި ބާވަތްތަކުގެ ޖަރާސީމާއި ވައިރަސްތަކުން ސަލާމަތްކޮށްދިނުމަށް އަންނާރުގެ ބޭނުންހިފޭނެއެވެ. މިއީ އަނގައިގެ ސާފުތާހިރުކަމަށްވެސް ވަރަށް ރަނގަޅު މޭވާއެކެވެ.  

· ދޮންކެޔޮ

" އަދި ތިރިންފަށައިގެން ގޮފިތަކާއި ހަމައަށް މޭވާ އަޅާ ބަރާވެފައިވާ ޠަލްޙު ގަސްގަހުގެ ނިޢުމަތުގައެވެ." (56:29)

(ޠަލްޙު ގަހަކީ ގިނަ މުފައްސިރުން ވިދާޅުވާގޮތުގައި ދޮންކޭލުގެ ބާވަތެކެވެ.) 

· ތީނި  (fig)

"ތީނިއާއި ޒައިތޫނި ގަންދެއްވައި ﷲ ހުވާ ވަޙީކުރައްވައެވެ." (95:1)

މިއީ ފައިބާ އާއި  އެކި ވައްތަރުތަކުގެ ވިޓަމިންސްތަކުން މުއްސަދި، ކޮލަސްޓްރޯލް ފަދަ ބަލިތަކަށް ރަނގަޅު މޭވާއެކެވެ. 

https://lifeinsaudiarabia.net/fruits-mentioned-in-the-holy-quran/

މިއަދު އޮންލައިން