ކިތަންމެ ގިނަ ބައަކު ބުންޏަސް އިސްލާމް ދީނުގަ ހުއްދަ ކަމެއްކަން ތިބާއަށް ޔަޤީން ނުކުރެވޭ ކަމެއް ކުރުމަކީ ފާފައެއްކުރުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކިތަންމެ ގިނަ ބައަކު ބުންޏަސް އިސްލާމް ދީނުގަ ހުއްދަ ކަމެއްކަން ތިބާއަށް ޔަޤީން ނުކުރެވޭ ކަމެއް ކުރުމަކީ ފާފައެއްކުރުން!: މުފްތީ މެންކް

ކަމެއް ކުރަން ކިތަންމެ ގިނަ ބައަކު ބުނި ނަމަވެސް ނުވަތަ ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް އެއީ ދީން ތިމާއަށް ހުއްދަކުރާ ކަމެއްކަން ޔަޤީންނުކޮށް އެކަމެއް ނުކުރާށެވެ. ފަހުން ޢިލްމުވެރިއަކު ގާތުގައި އަހައިގެން ކަންކަން ޔަޤީންކުރުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާށެވެ. އަހައި ޔަޤީންކުރުމަށްފަހު، ޝައްކު ފިލުވައިގެން ނޫނީ ނުކުރާށެވެ.

ތިބާ އެއްޗެއްކާން އުޅެނިކޮށް އެއްބައަކު މިބުނަނީ އެއިގައި ވިހައެއްވާކަމަށާއި އެ ކައިފިނަމަ ތިބާ ވަގުތުން މަރުވެދާނެ ކަމަށެވެ. އަނެއްބައަކު ބުނަނީ އެ ކެއިނަމަވެސް މަރުނުވާނެ ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ސުވާލަކީ މި ޙާލަތުގައި ތިބާ އެ އެއްޗެއް ކާނަންހެއްޔެވެ؟ ފުރާނައަށް ގެއްލުމެއް ލިބިދާނެކަމުގެ ބިރެއްއޮތްކަމެއް ކުރާނަން ހެއްޔެވެ؟

އެއްވެސް މީހަކު އެކަމެއް ނުކުރާނެއެވެ!

އެކަމަކީ އެކަމެއް ކުރުމުން ތިމާ ފާފަވެރިވާނެކަމެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ އެއްވެސް ކަމެއް ނުކުރާށެވެ. މިކުރެވެނީ ފާފަވެރިނުވާނެ ކަމެއްކަން ޔަޤީންނުވާ އެއްވެސް ކަމެއް ނުކުރާށެވެ!

ޙަދީޘްފުޅުގައި އޮތީ ޙަރާމް ޙަލާއިމެދު ޝައްކުވާ ކަމެއް ނުކުރުމުން އެމީހާ އެހުރީ ފާފައިން ސަލާމަތްވެވިގެން ކަމަށާއި އެފަދަ ކަމެއް ކުރުމުން އެއީ ފާފައެއް ކުރެވުން ކަމަށެވެ. ވީމާ ކިތަންމެ ގިނަ ބައަކު އެކަމެއް ކުރަން ބުނި ނަމަވެސް އެއީ އިސްލާމް ދީން ހުއްދަކުރާކަމެއްކަން ތިބާއަށް ޔަޤީން ނުކުރެވޭ އެއްވެސް ކަމެއް ނުކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން