ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި ކޮންމެހެން ޢަމަލުކުރަންޖެހޭ 5 ވިސްނުން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުން ކާމިޔާބުކުރުމަށްޓަކައި ކޮންމެހެން ޢަމަލުކުރަންޖެހޭ 5 ވިސްނުން އެނގޭތަ؟

އިންސާނުންނަށް އުފަލުގައި ދިރިނުއުޅެވޭ މައިގަނޑު ސަބަބަކީ އެމީހާގެ އަމިއްލަ ވިސްނުން އެމީހާ ފަރުމާކުރާ ގޮތެވެ. ސިކުނޑީގައި ނުބައި ވިސްނުން ހަރުލައްވާކަމެވެ. އެކަންކުރަނީ މީހަކު ނުވަތަ ބައަކު ނޫނެވެ. ތިމާއަމިއްލައަށެވެ.

ނުރަނގަޅު ވިސްނުންތައް ދޫކޮށް ތިމާއަކީ ކާމިޔާބު މީހަކުކަން އަމިއްލައަށް ބަލައިގަތުމަށް 5 ކަމެއް ކުރަން ޖެހެއެވެ. ނުވަތަ 5 ވިސްނުމެއް ގެންގުޅެން ޖެހެއެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ކޮންމެ ކަމެއް ކުރިމަތިވުމުން އެއީ އެހެން މީހެއްގެ ސަބަބުން މެދުވެރިވިކަމެއްކަމަށް ޤަބޫލުނުކުރުމެވެ.

ކޮންމެ ކަމެއް ކުރިމަތިވުމުން އެއީ އެހެން މީހެއްގެ ސަބަބުން މެދުވެރިވިކަމެއްކަމަށް ޤަބޫލުނުކުކުރަންޖެހޭ ސަބަބަކީ އެކަމެއް ކުރިމަތިވުމުގައި ތިމާގެ އިހްމާލެއް އޮންނާނެތީއެވެ. އެކަމަކުން ސަލާމަތްވުމަށް ތިމާކުރަންޖެހޭ ކަންކަން ނުކުރެވި ހުންނާނެތީއެވެ.

އެއީ އަނބިމީހާކަމުގައިވީނަމަވެސް ނުވަތަ ފިރިމީހާކަމުގައިވީނަމަވެސް ނުވަތަ ވިޔަފާރީގެ ބައިވެރިޔާކަމުގައިވީނަމަވެސް އަދި އެހެންމީހަކުކަމުގައިވީނަމަވެސް ތިމާ އާއި ގުޅުންހުރި ކަންކަން ތިމާ ބަލަހައްޓަންޖެހޭ މިންވަރަށް ބެލެހެއްޓޭނަމަ ލިބޭ ގެއްލުން ކުޑަވާނެއެވެ. އަދި ގެއްލުމެއް ދެވޭނީވެސް މަދުފަހަރަކުއެވެ.

ވީމާ ކޮންމެ ކަމެއް ކުރިމަތިވާއިރަށް އެކަމުގެ ޒިންމާ އެހެން މީހެއްގެ ބޮލުގައި އެޅުވުމަކުން ތިމާގެ ސިކުނޑިއަށް ލިބޭނެ އެއްވެސް ލުއިކަމެއް ނުއޮންނާނެއެވެ. ލިބުނު ގެއްލުން އޮންނާނީ ލިބިފައެވެ.

އިތުރަށް ކުރަންޖެހޭ 4 ކަންތަކަކީ: 2 ދުނިޔޭގައި ކާމިޔާބު މީހުންނަށްވަނީ އަމިއްލައެދުން ބޮޑު ދަހިވެތި މީހުން ކަމަށް ޤަބޫލުނުކުރުން 3 އެއީ ތެދުކަން ނުބަލައި އިވޭހައި ވާހަކަތަކެއް އެއީ ތެދު ޙަޤީޤަތްކަމަށް ޤަބޫލުނުކުރުން 4 ތިބާކުރާ ކަންކަން ފުރިހަމަކުރަންޖެހޭނީ އެހެން މީހަކު ނުވަތަ ބައަކު ކަމަށް ޤަބޫލުނުކުރުން 5 ތިމާ ޙާޞިލުކުރަން ބޭނުންވާ ހުރިހާ ކަންކަން ފައިސާއިން ކާމިޔާބުކުރެވޭނެކަމަށް ޤަބޫލުނުކުރުން މިކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުމުގެ ކަންކަން ކުރާމީހަކަށް ކާމިޔާބާއި ކުރިއެރުން ލިބޭނެއެވެ. ސިކުނޑިއަށް ހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ --އަލަފް

މިއަދު އޮންލައިން