ކައިވެނި ރޫޅި ދެމަފިރިން ވަކިވާންޖެހުނަސް އެކަކު އަނެކަކަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަތައް ނުދައްކާށެވެ! ކަލަގޮވުމަކީ ކުރެވޭ ފާފައެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކައިވެނި ރޫޅި ދެމަފިރިން ވަކިވާންޖެހުނަސް އެކަކު އަނެކަކަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަތައް ނުދައްކާށެވެ! ކަލަގޮވުމަކީ ކުރެވޭ ފާފައެކެވެ!

ދެމަފިރިންނަމަވެސް އަދި އެހެންމީހަކަށް ނަމަވެސް ކޮށްދޭ ކޮންމެ ކަމެއްކޮށްދޭންވީ ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތައާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. އެކަމުގެ ޘަވާބާއި ދަރުމައަށް އެދިގެންނެވެ. އުފާކުރަންވީ އަނެކާއަށް އެހީތެރިވުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވެވިކަމަށްޓަކައެވެ.

މީހަކަށް ކަމެއްކޮށްދިނުމަށްފަހު އެކަމުގެ ވާހަކަ ދެއްކުމުން އަނެކާ ދެރަވާނެއެވެ. ހިތުގައި ޖެހޭނެއެވެ. އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ އަދި އެފަދަ ބަހެއް ނަމަވެސް ބުނުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ.

ވީމާ ކުރާ ކޮންމެ އަމަލަކީވެސް ބުނާ ކޮންމެ ބަހަކީވެސް ﷲ ތަޢާލާއަށްޓަކައި، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ކުރާ ކަމެއްކަމަށް ހަދާށެވެ! އާޚިރަތް ދުވަހު އެކަމުގެ ފައިދާކުރާނީ އެއިރުންނެވެ.

ދެމަފިރިން ވަކިވުމަށްފަހު އެކަކު އަނެކަކަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަތައް ދައްކައެވެ. ފޯރުކޮށްދިން އެހީތެރިކަމުގެ ވާހަކަދައްކައެވެ. މިހައި ހެޔޮކޮށް ކަންކަންކުރުމުންވެސް ޝުކުރުވެރިނުވިކަމުގެ ޝަކުވާތައް ކުރެއެވެ.

 

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެއްވެސް މީހަކަށް ކަމެއްކޮށްދިނުމަށްފަހު އެކަމުގެ ވާހަކަތައް ނުދައްކާށެވެ. އެކަމުގެ ވާހަކަދެއްކުމުން ތިބާކުރި ޞަދަޤާތް ތިބާއަށް ގެއްލިގެންދެއެވެ. ކުރި ހޭދައާއި އުފުލި ބުރައިގެ ސަވާބު ގެއްލިގެންދިއައީއެވެ. ވީމާ މިކަންކަމަށް ސަމާލުކަންދޭން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން