ޢާއިލާއަށް މާލީ ދަތިކަން ކުރިމަތިވަނީހެއްޔެވެ؟ މިކަންކޮށްލައިފިނަމަ ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޢާއިލާއަށް މާލީ ދަތިކަން ކުރިމަތިވަނީހެއްޔެވެ؟ މިކަންކޮށްލައިފިނަމަ ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ: މުފްތީ މެންކް

ގިނަ ޢާއިލާތަކަށް ބަލައިފިނަމަ އަބަދުވެސް އެންމެ ބޮޑު މައްސަލައަކަށްވެފައި އޮންނަނީ މާލީ ދަތިކަމުގެ މައްސަލަތަކެވެ. ދުނިޔެއިން ކާބޯތަކެތި މަދުވުމުން ކާބޯތަކެތީގެ އަގުތައް މިދަނީ އުފުލެމުންނެވެ. ޚިދުމަތުގެ އަގުތައްވެސް އަންނަނީ ބޮޑުވަމުންނެވެ. ވީމާ ގިނަ ޢާއިލާތަކަށް މިކަންކަން ވަނީ މުޞީބާތަކަށްވެފައެވެ.

މިޙާލަތުގައި އެންމެ ފުރަތަމަ ކަމަކަށް ޢާއިލާގެތެރެއިން ހަސަދަވެރިކަމާއި ރުޅިވެރިކަން ނިކަން ނައްތާލައިބަލާށެވެ. އެކަކު އަނެކަކަށް މާފުކޮށް ހިތްހެޔޮކޮށް އެންމެން ގުޅި އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅެން ނިކަން ފަށައިބަލާށެވެ. ގިނަ ބައަކު އެކުގައި ދިރިއުޅޭނަމަ އެކަކު އަނެކަކަށް އެހީތެރިވެ އެއްޢާއިލާއެއްގެ ގޮތުގައި ދިރިއުޅެންފަށައިބަލާށެވެ! ލިބޭ މަދު ފައިސާކޮޅު އެންމެން ޙިއްޞާކޮށްގެން ދިރިއުޅެން ފަށައިބަލާށެވެ! 

އެއިރުން އެބައަކަށް، އެ ޢާއިލާއަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެންފަށާނެއެވެ. ރަޙްމަތާއި ބަރަކާތް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ އެއިރުން މާލީދަތިކަން ފިލައި އުފަލުގައި ދިރިއުޅެވޭނެއެވެ. 

ނަމަވެސް ހިތާމައަކީ މިޙާލަތުގައިވެސް ޢާއިލީ ގުޅުމުގެ މުހިންމުކަމަށް ވިސްނައިނުލެވޭކަމެވެ. އެއްގޭގައި ދިރިއުޅޭއިރުވެސް އަޚާގެ ޙާލުބަލައިނުލެވޭކަމެވެ. އެއްބަދިގެއެއްގައި ވަކިތެލީގައި ކައްކާއިރު އަނެކާ އެދުވަހު ކައްކާނެ އެއްޗެއް އަތުގައި ހުރިތޯ ބަލައިނުލެވޭކަމެވެ. އަނެކާގެ ދަރިންގެ ކުރިމަތީގައި ތިމާގެ ދަރިންނަށް މީރުކޮށް ކާންދޭއިރު ހިތަށް އެއްވެސް އަސަރެއް ނުކުރާކަމެވެ. 

ދެމަފިރިއަކު ވަކިން ގެއެއްގައި ދިރިއުޅުނު ނަމަވެސް އަދި ޢާއިލާ އެކުގައި ދިރިއުޅުނު ނަމަވެސް އިސްރާފް ނުކުރާށެވެ! އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ގެއްލިގެންދާނެ ކަމެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން