ލޯބިވެރިޔާ "ކަޓާތީ" ވެސް، ބައަކު ގެންލުންދޭން އުޅޭތީވެސް ކަންބޮޑުވާނަމަ ހުރިހާ ބޭނުންތަކެއް ފުދޭނެ 3 ކަލިމަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ލޯބިވެރިޔާ "ކަޓާތީ" ވެސް، ބައަކު ގެންލުންދޭން އުޅޭތީވެސް ކަންބޮޑުވާނަމަ ހުރިހާ ބޭނުންތަކެއް ފުދޭނެ 3 ކަލިމަ-

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައަކު ކަންބޮޑުވެގެން އުޅެނީ ކޮންންމެހެން ދިރިއުޅެވޭނެ މަގެއް ނުފެނިގެނެއް ނޫނެވެ. އަދި ފަޤީރުޙާލުގައި ޖެހި ކާންބޯން ނުލިބިގެނެއްވެސް ނޫނެވެ. އެމީހުން ކަންބޮޑުވެގެން އުޅެނީ އެދޭ ކަންކަން ޙާޞިލްވުން ލަސްވާތީއެވެ. އެދުނު ކަންތައް އެދުނުގޮތަށް ހިމންމަވައި ނުދެއްވަވައިގެންނެވެ. 

މިހެން މިވަނީ ހަމަ އެންމެ ސަބަބަކާއިހުރެއެވެ. އެއީ އެމީހުންނަށް ﷲ ތަޢާލާގެ ޙަޟްރަތަށް އިތުބާރުކުރަންޖެހޭ ގޮތަށް އިތުބާރުނުކުރެވޭތީއެވެ. އިތުބާރުކުރަންޖެހޭ ފެންވަރަށް އިތުބާރުނުކުރެވޭތީއެވެ. 

ކުރަން ކުރިމަތިލައިގެން އުޅޭކަމެއް އެއްފަހަރުން ކާމިޔާބުނުކުރެވޭތަނުގައި 12 ފަހަރަށްވެސް ކުރިމަތިލާންޖެހިޑާނެއެވެ. ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާ އެކަން ހިންމަވައި ދެއްވަވާނެ ކަމާއި އެކަމުގެ ޔަޤީންކަމުގައި ހުރެގެން މަސައްކަތްކުރާނަމަ ހިންމަވައިދެއްވަވެވުން ލަސްވަނީ މާފުރިހަމައަށް ހިންމަވައި ދެއްވަވަންވެގެން ކަމެވެ. 

އެންމެ ގިނަ ބައަކު ކަންބޮޑުވާ އެއްކަމަކީ ކައިވެނިކުރަން ބޭނުންވާ މީހާ އާއި ކައިވެނި ނުކުރެވި ލަސްވުމެވެ. އެޙާލަތުގައި ޤަބޫލުކުރަންވީ ލަސްއެވަނީ ތިމާއަށް އެގޮތުންކުރާ ފައިދާ މާބޮޑުވާނެތީކަމެވެ. މިޘާލަކަށް އެނަމެ ރަނގަޅު މީހާއާއި އަދި ބައްދަލުނުވާތީ ކަމެވެ. ހަމައެފދައިން ކައިވެނިކުރަން އުޅުމުން "ކަޓަމުންދާނަމަ" ވެސް ޤަބޫލުކުރަންވީ ހަމަ އެގޮތަށެވެ. އެކަތަނީ އެމީހަކީ ތިމާއަށް އެންމެ ރަނގަޅު ބައިވެރިޔާ ކަމުގައި ނުވާތީކަމާއި މާރަނގަޅު ބައިވެރިއަކު ދެއްވަވާނެ ކަމެވެ. 

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގަ ވަކީލްކުރާއަޅުންގެ ހުރިހާ ބޭނުންތަކެއް ފުދޭނެ 3 ކަލިމަވެއެވެ. އެއީ: حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ އެވެ. މާނައީ: " ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" 

ހަމައެފަދައިން މީހަކު ނުވަތަ ބައަކު ތިބާއަށް ކިތްނަމެ ބޮޑު ގެއްލުމެއް ދޭން ރޭވިނަމަވެސް ހަމަ މި 3 ކަލިމަމަތީގައި ޘާބިތުވާ މީހާ ބަލިނުކުރެވޭނެކަންވެސް ކީރިތި ޤުރްޢާނުން އެނގެން އެބައޮތެވެ. 

﴿173﴾ الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ 

" އެއީ، އެއުރެންނަށް މީސްތަކުން ބުނި މީހުންނެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާ ދެކޮޅަށް މީސްތަކުން (ލަޝްކަރު) އެއްކޮށްފިއެވެ. ފަހެ، ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނާށެވެ! ފަހެ، އެ ބަސް އެއުރެންނަށް އީމާންކަން އިތުރުކުރިއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލު ކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" 

﴿174﴾ فَانقَلَبُوا بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ ۗ وَاللَّهُ ذُو فَضْلٍ عَظِيمٍ 

" ފަހެ، ﷲގެ ޙަޟްރަތުން ދެއްވި ނިޢުމަތާއި، ފަޟްލުވަންތަވެރިކަމާއިގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން ﷲ ގެ ރުއްސެވުންހުރި މަގަށް ތަބަޢަ ވޫއެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރިރަސްކަލާނގެއެވެ." 

މިދެއާޔަތަކީ މާޔޫސްބަލީގެ ފަރުވާއެވެ. މި 2 އާޔަތުގައި ފުރިހަމައަށް ޘާބިތުވެއްޖެ އެއްވެސް މީހަކަށް މާޔޫސްވެގެން ނުވަތަ އެއްވެސް ކަމަކާއި ބިރުން ކަންބޮޑުވެގެން ތެޅިފޮޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން