ނާސާއިން ރިލީޒްކުރި ޖައްވުގެ ބިރުވެރި އަޑު- ކީރިތި ޤުރްއާނުގައިވާ ދާއްބައިގެ އިންޒާރުގެ ބަސްފުޅާ ގުޅިގެން ހިނގައްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ނާސާއިން ރިލީޒްކުރި ޖައްވުގެ ބިރުވެރި އަޑު- ކީރިތި ޤުރްއާނުގައިވާ ދާއްބައިގެ އިންޒާރުގެ ބަސްފުޅާ ގުޅިގެން ހިނގައްޖެ!

ޖައްވާދާ ބައެއް އެސްޓްރޯނޯޓުންނަށް ޖައްވުން ބިރުވެރިއަޑެއް އިވުނުކަމަށް ބުނުމުން މީސްތަކުންނަށް ޤަބޫލުކުރަން ވަރަށް އުނދަގޫވާނެއެވެ. ނާސާއިން އެބިރުވެރި އަޑު ރިލީޒްނުކުރިނަމަ އެކަން ޤަބޫލުކުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. އެއީ ޖައްވުން އެއްވެސް އަޑެއް އިވޭނެކަމަށް ޤަބޫލުނުކުރެވޭތީއެވެ. 

ކޮންމެއަކަސް އެ އަޑު މިއަދު މިވަނީ އިވިފައެވެ. އެއީ ބިރުވެރި ޖަނަވާރެއްގެ އަޑުފަދަ އަޑެއްކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ.   

"އެއުރެންގެ މައްޗަށް (ޢަޛާބުގެ) ބަސްފުޅު ޙައްޤު ވާހިނދު، ތިމަންރަސްކަލާނގެ، އެއުރެންނަށްޓަކައި ބިމުން ދާއްބައެއް ނެރުއްވާހުށީމެވެ. އޭތި އެއުރެންނާ ވާހަކަދައްކަމުން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާން ނުވާ ބަޔަކު ކަމުގައި މީސްތަކުންވިއެވެ." (އަންނަމްލް: 82) 

އަހުރެން ބުނަން ބޭނުންވަނީ އެއަޑަކީ ފަހުޒަމާނުގައި ފައުޅުކުރައްވަވާނެ ބޮޑު ބިޔަ ދާއްބައިގެ އަޑުކަމަކަށް ނޫނެވެ. އެކަމަކު އެއީ އެ ދާއްބަ ފައުޅުކުރެއްވެވުން ގާތްވެއްޖެ ކަމުގެ ޢަލާމާތެއްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. 

ކޮންމެއަކަސް ޖައްވުން މިފަދަ ބިރުވެރި އަޑެއް އިވުމަކީ ކުޑަކަމެއްގެ ގޮތުގައި ނުދެކޭށެވެ. މިފެންނަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެވެ. މީސްތަކުންނަށް ފޮނުއްވަވާ ވަރުގަދަ އިންޒާރުތަކެވެ. އަމަލުތައް އިޞްލާޙްކޮށް ތައުބާވުމަށް ދެއްވަވާ ފުރުޞަތުތަކެވެ. ވިސްނައި ބޭނުންހިފުން އޮތީ އެމީހެއްގެ އަތްމަތީގައެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަލކުން

ނާސާއިން ރިލީޒްކުރި އަޑު:

 

 

 

 

މިއަދު އޮންލައިން