އަމިއްލައަށް ކުޑަކުޑަ ޝައިޠޯނަކަށް ބަދަލުވެވޭ ގޮތް އެނގޭހެއްޔެވެ؟ : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަމިއްލައަށް ކުޑަކުޑަ ޝައިޠޯނަކަށް ބަދަލުވެވޭ ގޮތް އެނގޭހެއްޔެވެ؟ : މުފްތީ މެންކް

އެއްވެސް މުސްލިމަކު ތިމާއަކީ ޝައިޠޯނަކަށްވުމަކަށް ނުއެދޭނެއެވެ. ބޭނުންވާނީ ވީހައި ޞާލިޙް ހެޔޮލަފާ ތަޤްވާވެރިއަކަށްވުމަށެވެ. އެކަން ޙާޞިލްވާނީ ޝައިޠޯނާ އާއި ވީހާ ބޮޑަށް ދުރުހެލިވެވިގެންނެވެ. ނަމަވެސް ކަންކަންވާގޮތާއިމެދު ވިސްނައިލަމާހިނގާށެވެ.

އިންސާނުން އަމިއްލައަށް ކުދިކުދި ޝައިޠޯނުންތަކަށް ބަދަލުވެއެވެ. އެކަން އެމީހާއަށް ނުވިސްނެނީއެވެ. މީސްތަކުންނަށް ފާފަކުރަން ހިތްވަރުދީ އަދި އެއްވެސް ބިރުވެތިކަމެއް ނެތި ތިމާ ފާފަކުރަމުން ގެންދާނަމަ އެމީހަކު އެވަނީ މިބުނި ފަދަ މީހަކަށް ބަދަލުވެފައެވެ. އަދި އެހެން މީހުންނަށް އަނިޔާވެރިވާން ޖެހިލުންނުވާ ޙާލަތަށް މީހާގެ ކަންކަން ދިއުމުންވެސްމެއެވެ.

ދުނިޔޭގަ ބާރެއް ލިބުމުން އެއްވެސް މީހަކަށް ނުވަތަ މިސްތަކުންނަށް އަނިޔާވެރިވާއިރު ވިސްނައިލާށެވެ. ތިބާއަކީ ކޮން ބާރެއް ލިބިގެންވާ ކާކު ހެއްޔެވެ؟ ތިބާ އުފެއްދެވީ އޮލަ ފެންތިއްކަކުން (މަނިތިއްކަކުން) ނޫންހެއްޔެވެ؟ އެންމެފަހުން އެކުވެގެންދަނީ ބިމުގައި ހުރި ވެއްޔާއި ނޫންހެއްޔެވެ؟ ވީއިރު އެއްވެސް މީހަކަށް ލިބިގެންވަނީ ކޮންބާރެއް ހެއްޔެވެ؟

މީސްތަކުންނޭވެ! އަބަދުވެސް ހަނދާންކުރަންވީ އަހަރެމެންނަކީ އެއްވެސް އާރެއް ބާރެއް ނެތް ވަރަށް ނިކަމެތި ބައެއް ކަމެވެ. ﷲ ތަޢާލާ ދެއްވެވި ބާރެއް މެނުވީއެވެ. ވީމާ އެހެން މީހުންނަށް ހެޔޮކޮށް ހިތައި އެހީތެރިވާން ﷲ ތަޢާލާ ދެއްވެވި ބާރުގެ ބޭނުން އެއްވެސް މީހަކަށް އަނިޔާވެރިވާން ބޭނުން ހިފަން ހެޔޮނުވާނެއެވެ.

ވަކިން ޚާއްޞަކޮށް ތިމާއަށްވުރެ ނިކަމެތި މީހުންނަށެވެ. ތިމާގެ ބެލުމުގެދަށުގައިވާ މީހުންނަށެވެ. މައިންބަފައިންނަށާއި އަނބިދަރިންނަށެވެ. ޢާއިލާގެ މީހުންނަށެވެ. އަނިޔާވެރިކަމުގެ މާނައަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއްވެސް ނޫނެވެ. ނަފްސާނީ އަނިޔާވެސްމެއެވެ. ހަރުކަށި ނުބައި ބަސްތައް ބުނުންވެސްމެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން