ގިނަ ބައަކު ސުވާލުކުރެއެވެ! މައިމީހާއާ އަނބިމީހާކުރެން އިސްކަންދޭންޖެހޭނީ ކާކަށް؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ގިނަ ބައަކު ސުވާލުކުރެއެވެ! މައިމީހާއާ އަނބިމީހާކުރެން އިސްކަންދޭންޖެހޭނީ ކާކަށް؟: މުފްތީ މެންކް

މިއީ ވަރަށް ގިނަ ބައަކުކުރާ ސުވާލެކެވެ. "އެންމެ ބޮޑަށް އިސްކަންދޭންވީ މަންމައަށް ހެއްޔެވެ؟ ނޫނީ އަނބިމީހާއަށް ހެއްޔެވެ؟" މިސުވާލުކުރަނީ މައިމީހާއަކީ ތިމާ ވިހައި ބުރަތައް އުފުލައި ގެންގުޅެ ބޮޑުކުރި އަދި އެމީހެއްގެ ފައިތިލަދަށުން ސުވަރުގެ ލިބުންވާ މީހަކު ކަމުގައި ޤަބޫލުކުރެވޭތީއެވެ. އެކަންކަމަށް އޮންނަ ކަންބޮޑުވުން ބޮޑުކަމުން އިސްކަންދޭންޖެހޭނީ މައިމީހާއަށްކަމުގައި ޤަބޫލުކުރެވޭތީއެވެ.

އަހަރެން ބުނާނީ އެވިސްނުން އެހައި ރަނގަޅުނޫން ކަމަށެވެ. މައިމީހާއަކީވެސް އަދި އަނބީހާއަކީވެސް އެންމެ ބޮޑަށް އިސްކަންދޭންޖެހޭނެ 2 މީހުން ކަމަށެވެ. ގިނަފަހަރަށް މިފަދަ ސުވާލުތައް އުފެދެނީ މައިން ކުރިމަތިކުރުވާ މައްސަލަތަކުން ކަމުގައިވެދާނެއެވެ. އެހެންވެ ލޮބުވެތި މައިންނަށް ބުނެލަން އޮތީ އިތުރަށް ވިސްނައިލާށެވެ.

ތިބާގެ ފިރިހެންދަރިފުޅު އަނބިމީހާއަށް ދޭ ލޯތްބާއި އޭނާގެ މައިމީހާއަށް ދޭ ލޯތްބަކީ މުޅިން ތަފާތު 2 ލޯތްބެކެވެ. އަނބިމީހާ އާއިއެކުގައި ދަރިފުޅު ގިނަވަގުތު ހޭދަކުރާނަމަ، އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަންދޭނަމަ އެކަމާއި އެންމެ ބޮޑަށް އުފާކުރަންޖެހޭނީ މައިމީހާއެވެ. އެއީ ތިމާގެ ދަރިފުޅު އުފަލުގައި ދިރިއުޅޭތީއެވެ.

ކައިވެނިކުރުމަށްފަހު ކުރިން މައިމިހާއަށް ދިންވަރަށް ވަގުތު ދިނުމަށް އުނދަގޫވާނެއެވެ. އެއީ މައިމީހާދެކެ ލޯބިނުވާތީ ނުވަތަ ލޯބިވާވަރު ކުޑަވާތީއެއް ނޫނެވެ. އިތުރު މީހަކަށް ބައިއަޅަންޖެހުމުންނެވެ.

ދެނަ އޮތީ މައްސަލައެއް ޖެހުމުން އަމަލުކުރަންޖެހޭ ގޮތެވެ. މައްސަލައެއް ކުރިމަތިވެއްޖެނަމަ ޙުކުމްކުރަންވާނީ އިންޞާފަށެވެ. މައިމީހާއަށްވީތީ ނުވަތަ އަނބިމީހާއަށްވީތީ އޭނާގެކޮޅަށް ބުރަވެގެން ނުވާނެއެވެ. އަދި ކުށްވެރިއަކީ މައިމީހާ ކަމުގައިވީނަމަވެސް މައިމީހާއަށް ބުރަވާނެ ބަހެއް ބުނެގެން ނުވާނެއެވެ. މައިމީހާދެކެ ރުޅި އައިސްގެން ނުވާނެއެވެ. މަންމަ އާއި މުޢާމަލާތުކުރަންޖެހޭނީ ވަރަށް ލޯބިންނެވެ. މަންމަގެ މަޤާމުގައި މަންމަ އަބަދުވެސް ބައިންދަންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން