ތިބާގެ ނަމާ ދުނިޔޭގައުޅޭ އެންމެންގެ ނަން ﷲ ދެނެވޮޑިގެންވެއެވެ! ﷲ ގެ ޙަޟްރަތުގަ ލޮބުވެތިކަން ބޮޑު މީހަކަށްވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ތިބާގެ ނަމާ ދުނިޔޭގައުޅޭ އެންމެންގެ ނަން ﷲ ދެނެވޮޑިގެންވެއެވެ! ﷲ ގެ ޙަޟްރަތުގަ ލޮބުވެތިކަން ބޮޑު މީހަކަށްވާށެވެ!: މުފްތީ މެންކް

ޤައުމަކަށް ބަލައިފިނަމަ ވެރިމީހާއަށް އެނގޭނީ ހަމައެކަނި އޭނާ ދަންނަ ބައެއްގެ ނަންތަކެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން މުޅިން ތަފާތެވެ! ޤިޔާމަތް ދުވަހުން ހިސާބު ބެއްލެވުމަށްޓަކައި ކޮންމެ މީހަކަށްވެސް ގޮވައިލެއްވޭނީ އެމީހެއްގެ ނަމުންނެވެ. މިވެނި މީހާގެ ދަރި މިވެނި މީހަކަށެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާފަދަ ނަންތަކުން ދަރިންނަށް ނަންކިޔަންޖެހެނީ މިސަބަބަށްޓަކައެވެ.

ހެޔޮ އަމަލުތައްކޮށް ހެޔޮ ބަސް ބުނާ މީހަކު ކަމުގައި ވެއްޖެނަމަ ﷲ ތަޢާލާ އެމީހެއްގެ ވާހަކަ މަލާއިކަތް ބޭކަލުންނަށް ބަޔާން ކުރައްވަވާނެތެވެ. ދުނިޔޭގައި ލެއްވެވި ކޮންމެ މީހެއްގެ ހުރިހާ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހާގެ ނަންވެސް ދެނެވޮޑިގެންވެއެވެ.

ޙަދީޘްފުޅުން އެނގޭ ގޮތުގައި ﷲ ތާޢާލާ މަތިވެރިކުރުމަށް މީސްތަކުން އެއްވެއްޖެނަމަ އެކަމަށްޓަކައި ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވައި އެކަން މަލާއިކަތް ބޭކަލުންނަށް ބަޔާން ކުރައްވަވަތެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޝައިޠާނާ އެކަމަށް ހުރަސްއަޅަމުން ދަނިކޮށްވެސް މީސްތަކުން އެއްވެ ﷲ ތާޢާލާ މަތިވެރިކުރާތީއެވެ.

ﷲ ތަޢާލާ މަތިވެރި ކުރެވޭ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ ކުޑަކަމެއް ކަމަށް ހީނުކުރާށެވެ! އަހަރެމެން ކޮންމެ މީހަކީ ކާކުކަމާއި އެމީހާގެ ނަން ވެސް ﷲ ތައާލާ ދެނެވޮޑިގެންވެއެވެ. މިސާލަކަށް އަހަރެންނަކީ ކާކުކަން އަހަރެންނަށްވުރެ މާބޮޑަށް ﷲ ތާޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ﷲ މަތިވެރިކުރެވޭ ބައްދަލުވުންތަކުގައި ވީހައި ގިނައިން ބައިވެރިވާށެވެ!

ކީރިތި ޤްރްއާނަށް ބަލާށެވެ! ހުރިހާ ނަބީ ބޭކަލުންނާއި ރަސޫލް ބޭކަލުންގެ ވާހަކަފުޅުތައް ބަޔާން ކުރައްވަވާފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ނަބީ ބޭކަލުންނާއި ރަސޫލް ބޭކަލުންގެ ފުރިހަމަ އަދަދުވެސް އަހަރެމެންނަށް އެނގޭކަށް ނެތެވެ. ހަމަ އެއާއިއެކު ނަބީބޭކަލުންނާއި ރަސޫލް ބޭކަލުން ނޫން މީހުންގެ ވާހަކަތައް ކީރިތި ޤްރްއާނުގައި ވަނީ ބަޔާން ކުރައްވަވައިފައެވެ.

އެއިގެ ތެރެއިން އެއް މިސާލަކީ ލުޤްމާންގެފާނެވެ. ލުޤްމާންގެފާނަކީ ރަސޫލްބޭކަލެއް ނޫނެވެ. އެފްރިކާއަށް ނިޞްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. ބުނެވޭގޮތުން ނިޞްބަތްވެވަޑައިގަންނަވަނީ ސޫދާނަށެވެ. ނަމަވެސް ދަރިންނަށް ދެއްވެވި ނަޞޭޙަތްޕުޅުގެ ފުރިހަމަކަމުން އެކަމުގެ ވާހަކަތައް އެވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި ސޫރަތެއްވެސް އެވަނީ ބާވައިލައްވަވައިފައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން