މާތްﷲ ރުހިވޮޑިނުގަންނަވާނެ 7 ސިފަ-: ޤުރްއާނުން

ކިޔުމަށް ހޭދަވާނީ 2މ 39ސ
މާތްﷲ ރުހިވޮޑިނުގަންނަވާނެ 7 ސިފަ-: ޤުރްއާނުން

ފާޠިމަތު ނަޢީޝާ

 

1. އިސްރާފްކުރުން:

"އަދި އިސްރާފްނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާމީހުންނަށް ﷲ ލޯބިވެވޮޑިގެންނުވެއެވެ." (6:141) 

ކާބޯތަކެއްޗާއި އަންނައުނާއި، ޚަރަދުކުރުމުގައިވެސް އިސްރާފުކުރުން އިތުރުވުމަކީ އިތުރު ނުބައިކަންކަމަށް މަގުފަހިކޮށްދޭކަމެކެވެ. މިއީ  އޭގެ ސަބަބުން، ދުނިޔޭގެ ލައްޒަތާއި އަރާމަށް ގެއްލި، އާޚިރަތްމަތިން ހަނދާންނައްތާލާނޭފަދަ ކަމެކެވެ. އިސްރާފްކުރުމުގެ ނުބައި އާދައިން ދުރުހެލިވުމަށް ގިނަގިނައިން ޒަކާތްދީ އެކަލާނގެ މަގުގައި ހޭދަކުރާށެވެ. ލިބޭ މިންވަރަށް ޝުކުރުކޮށް ތިބާއަށް ލިބިފައިވާ ނިޢުމަތްތަކާމެދު ހިތް ޚާލިޞްކުރުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަން ކަށަވަރެވެ. އެހެނީ، ތިބާއަށް ލިބޭ ކޮންމެ ރިޒްޤަކާއި ނިޢުމަތަކީ އެކަލާނގެ ޙަޟްރަތުން ތިބާއަށް ލިބޭ އެއްޗެކެވެ.  

2. ބޮޑާވުން ނުވަތަ ފަޚުރުވެރިކަން: 

"އަދި ބިމުގައި ހިނގާއިރު ބޮޑާވެ ކިބުރުވެރިނުވާށެވެ! ހަމަކަށަވަރުން ބޮޑާވެ ފަޚުރުވެރިވާ އެއްވެސް މީހަކަށް ﷲ ލޯބިވެވޮޑިނުގަންނަވައެވެ." (31:18) 

ތިބާއަށް ލިބިފައިވާ މުދަލާއި، ޢިލްމާއި، ތިބާއަށް ކުރެވޭ އަޅުކަންތައްތަކުގެ ގިނަކަމުން އެކަމާ ބޮޑާވެ، ފަޚުރުވެރިވެ ދެންތިބި މީސްތަކުން ކުޑަކޮށްލާ، ތިބާއަކީ އެހެންމީހުންނަށްވުރެ މާފުރިހަމަ މީހެއްކަމަށްދެކިގެންނޫޅޭށެވެ. އިބިލީހަށް ވީގޮތުގެ ވާހަކައިން ޢިބުރަތް ހާޞިލްކުރާށެވެ. އިބިލީހަށް ސުވަރުގޭގެ ލައްޛަތާއި އަރާމު ދޫކޮށްލަންޖެހުނީ އޭނާގެ ބޮޑާވެރިކަމާއި ފަޚުރުވެރިކަމުގެ ސަބަބުންނެވެ. 

3. ކިބުރުވެރިކަން: 

"ހަމަކަށަވަރުން، ބޮޑާވެ ކިބުރުވެރިވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންނުވެއެވެ." (16:23) 

ހިތްތިރިކަމާއި އިޚްލާޞްތެރިކަމަކީ ތިބާގެ ގައިގައި އަށަގަނެވޭނެ އެންމެ މުހިއްމު ސިފަތަކުގެތެރެއިން ސިފަތަކެކެވެ. ތިބާ އަބަދުވެސް ހަނދާންކުރަންވީ، ތިބާއަށް ލިބޭ ކޮންމެ ރިޒްޤަކީވެސް އެކަލާނގެ ތިބާއަށް ދެއްވާ ނިޢުމަތެއްކަމެވެ.    

4.  ކަންކަމުގައި ހައްދުފަހަނަ އަޅާ ދިޔުން: 

"އޭ އިމާންވެއްޖެ މީސްތަކުންނޭވެ1 ތިޔަބައިމީހުންނަށްޓަކައި ﷲ ޙަލާލް ކުރައްވާފައިވާ ރަނގަޅު ކަންތަކާއި ތަކެތި، ތިޔަބައިމީހުން ޙަރާމްނުކުރާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނައަޅައި ނުދާށެވެ! ހަމަކަށވަރުން، ހައްދުފަހަނައަޅައިދާ މީހުންދެކެ ﷲ ލޯބިވެބޮޑިގެންނެއްނުވެތެވެ." (5:87) 

އިންސާނީ ކޮންމެ އާދައެއްގެވެސް ވަކިމިންވަރެއްވާނެއެވެ. އެމިންވަރުން އިތުރަށް ހުރަސްކޮށްފިޔާ އެއީ ހައްދުފަހަނައަޅާ ދިޔުމެވެ. މިސާލަކަށް ދީލަތިކަމަކީވެސް ވަކި ހައްދެއްވާކަމެކެވެ. ދީލަތިކަމުގައި ހައްދުފަހަނައަޅައި ގޮއްސިނަމަ އެ ފުރުސަތު ދެވެނީ ދެއްކުންތެރިކަމާއި ބޮޑާކަމަށެވެ. އެންމެ ރަނގަޅުގޮތަކީ ކޮންމެ ކަމެއްގައިވެސް މެދުމިންވަރެއް ޚިޔާރުކުރުމެވެ. 

5.  އަނިޔާވެރިވުން: 

"އަދި އަނިޔާވެރިންދެކެ ﷲ ލޯބިވެވޮޑިގެންނުވެއެވެ." (3:57) 

މިއީ އެކަމެއްގެ ސަބަބުން އީމާންތެރިކަން ބަލިކަށިކޮށްލާ ހިތް ކިނލަބުކޮށްލާނެކަމެކެވެ. އަނބިދަރިންނަށް އަނިޔާވެރިވުމާއި ވައްކަންކުރުމާއި، ޚިޔާނާތްތެރިވުމާއި، އަދި މީހުންގެ ހައްޤުތަކަށް އަރައިގަތުމަށް މިފަދަ މީހުން ފަހެއްނުޖެހޭނެއެވެ. 

6.  ޚިޔާނާތްތެރިކަން: 

"އެހެނީ، ހަމަކަށަވަރުން، ޚިޔާނާތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންނުވެއެވެ." (8:58) 

މިއީވެސް ތިބާގެ އީމާންތެރިކަން ބަލިކަށިކޮށްލާނެ ނުބައި ސިފައެކެވެ.  

7.  ފަސާދަކުރުން: 

"އެމީހުންގެ ހަނގުރާމައިގެ އަލިފާންގަނޑެއް ރޯކޮށްލާ ކޮންމެ ހިނދެއްގައި ﷲ އެއަލިފާންގަނޑެއްނިއްވަވައިލައްވައެވެ. އަދި އެމީހުން ބިންގަނޑު ފަސާދަކުރުމަށް މަސައްކަތްކުރަނީއެވެ. އަދި ފަސާދަކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންނުވެއެވެ." (5:64) 

 

https://archive.siasat.com/news/qualities-allah-hatesdislikes-896164/

މިއަދު އޮންލައިން