އަންނަމަހު މުސާރަނަގާފައި މަންމައަށް އެހީވާން މަޑުނުކުރާށެވެ! އަދި މަސައްކަތް ލުއި ދުވަހަކު ބައްދަލުކުރަންވެސް މަޑުނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަންނަމަހު މުސާރަނަގާފައި މަންމައަށް އެހީވާން މަޑުނުކުރާށެވެ! އަދި މަސައްކަތް ލުއި ދުވަހަކު ބައްދަލުކުރަންވެސް މަޑުނުކުރާށެވެ!

ބައެއް މީހުން ތިބެނީ އަންނަމަހު މުސާރަނަގައިގެން މަންމައަސް އެހީތެރިވާށެވެ. މަސައްކަތް ތަންކޮޅެއް ލުއި ދުވަހަކު މަންމަ އާއި ބައްދަލުކޮށް އަޅައިލާށެވެ! މިހެން ތިބުމަކީ ކުރެވޭ ވަރަށް ނުބައި އަދި ގެއްލުން ބޮޑު ކަމެކެވެ.  

މިހެން މިބުނަނީ މިބުނި ވިސްނުމުގައި ތިބޭމީހުން ރޮމުން ވަރަށް ގިނައިން އަންނާތީއެވެ. އައިސް ބުނެއެވެ. "ޝައިޚް އެވެ. ވަރަށް ދެރަ ގޮތެއް މެދުވެރިވެއްޖެއެވެ. މަންމަ ކަމަކު އެދުމުންވެސް އަންނަމަހު މުސާރަނަގައިގެން އެހީތެރިވާން ހުއްޓައި އެކަންކޮށްނުދެވެނީސް މަންމަ ނިޔާވެއްޖެއެވެ. އަނެއްބައަކު ބުނަނީ މަސައްކަތް ތަންކޮޅެއް ލުއި ދުވަހަކު މަންމަ ގާތަށް ގޮސް އަޅައިލާން ނުވަތަ އުފާކޮށްދޭން ހުއްޓައި މަންމަ މަރުވެއްޖެ ކަމަށެވެ."  

ދެން ސުވާލުކުރަނީ ތިމަންނާގެ ފާފަ ފުއްސަވާނެތޯއެވެ؟ މަންމައަށްޓަކައި ކޮށްދެވޭނީ ކޮން ހެޔޮކަމެއްތޯއެވެ؟  

ޖަވާބުގައި ބުނަންޖެހޭނީ ފާފަފުއްސަވާނެ އަޅުން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހުރެމެންނަށް އޮތީ ތައުބާވުމެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވެ އެތައުބާގެމަތީގައި ދެމިހުރެއްޖެ މީހާގެ ފާފަތައް ފުއްސަވައި ދެއްވަޥާނެކަން ވަޙީބަސްފުޅުންނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ވީމާ އެއީ ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ.  

އަހުރެންގެ ނަޞޭޙަތަކީ ތިމާގެ އަމިއްލަ ބޭނުންތައް ނުފުއްދައިވެސް މައިންބަފައިންގެ ބޭނުންތައް ފުއްދައިދޭށެވެ. އެއިރުން އެމީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދައިދެއްވަޥާނެތެވެ. އިން ޝާ ﷲ. މިމަހު އަތުގައިހުރީ މަދުންނަމަ ހުރިވަރަކުން މިމަހު އެހީތެރިވާށެވެ. އިތުރަށް ލިބުނީމާ އިތުރަށްދޭނީއެވެ. އަދި ކިތަންމެ މަސައްކަތް ބުރަނަމަވެސް މައިންބަފައިންނާއި ބައްދަލުކޮށް ޙާލުބަލަންވާނެއެވެ. އެކަމަށް ދެއްކޭނެ ޢުޛުރެއް ނުވަތަ ބަހަނާއެއް ނެތެވެ.  

މިއިންކަމަކަށް އިހްމާލްވެ، ފަރުވާކުޑަކޮށްގެން ހުއްޓައި އެއިން މީހަކު ނިޔާވެއްޖެނަމަ ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ. އަދި އެކަންކަން ކުރުމުން ދެއްވަވަން އޮތް ޘަވާބުންވެސް މަޙްރޫމްވީއެވެ. ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ފަރުވާތެރިވާންވާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން