އެހެން ދެމަފިރިއަކު އުފަލުން އުޅޭތީ ޙަސަދަވެރިވުމަކީ ތިމާގެ ދިރިއުޅުން އިތުރަށް ހިތާމަވެރިވެދާނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެހެން ދެމަފިރިއަކު އުފަލުން އުޅޭތީ ޙަސަދަވެރިވުމަކީ ތިމާގެ ދިރިއުޅުން އިތުރަށް ހިތާމަވެރިވެދާނެ ކަމެއް!: މުފްތީ މެންކް

މުފްތީ މެންކް ވިދާޅުވެފައިވާ މިބަސްފުޅަށް ރަނގަޅަށް ވިސްނައިލާށެވެ! މިއީ ހަމަކޮންމެ މީހަކުވެސް ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.

"އެހެން މީހުންނާއި ވާދަކުރަން ކުރިމަތިލުން އިހަށް ލަސްކޮށްލާށެވެ! ފުރަތަމަ ތިމާ، ތިމާ އާއި ވާދަކުރާށެވެ. އެއީ އިއްޔެ ތިބާއަށް ކުރެވުނުވަރަށްވުރެ ގިނައިން މިއަދު ހެޔޮ ކަންކަން ކުރުމަށެވެ. މިއަދަށްވުރެގިނައިން މާދަމާ ހެޔޮކަންކަންކުރުމަށެވެ.

އެހެން މީހުންގެ ދަނޑަށް ބަލައި ކަޅިއެޅުމަކުން އަދި ހަސަދަލުމަކުން ތިބާގެ ދަނޑު ފެއްސެއް ނުކުރެވޭނެއެވެ. ތިބާގެ ދަނޑު ފެހިކުރެވޭނީ ތިބާ އެކަމަށް މަސައްކަތްކުރުމުންނެވެ."

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެހެން ދެމަފިރިން އުފާވެރިކަމުގައި އުޅޭތީ ޙަސަދަވެރިނުވާށެވެ! މަސައްކަތްކުރަންވީ ތިމާމެންގެ ދިރިއުޅުން އުފާވެރިކުރެވޭތޯއެވެ؟ އެދެމަފިރިންނަށް ޙަސަދަލުމުގެ ބަދަލުގައި "މާޝާ ﷲ" ބުނެ ހެޔޮދުޢާކުރާށެވެ! އެއިރުން ﷲ ތިބާއަށްވެސް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

އެއިގެ ބަދަލުގައި އެހެން ދެމަފިރިއަކު އުފަލުގައި އުޅޭތީ ޙަސަދަވެރިވުމަކީ އެކަމުގެ ސަބަބުން ތިމާގެ އަމިއްލަ ދިރިއުޅުން އިތުރަށް ހިތާމަވެރިޗެދާނެ ކަމެކެވެ. އަދި ފާފަވެރިވެސްވާނެކަމެކެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އުފާވެރި ދިރިއުޅުމަކަށެވެ. އެކަން ހަމަ އެގޮތަށް އެހެން މީހުންނަށް ލިބުން ނުއެދޭމީހާގެ އީމާންކަންވެސް ފުރިހަމަނުވާނެއެވެ.

އެހެން މީހުންނަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ބަލައި ހަސަދަވެރިވެ ފަހަތުން ނުދުވާށެވެ. ވާދަކުރަންވީވެސް ހަމަ އެންމެ ކަމަކަށެވެ! އެއީ ތިމާއަކީ އެންމެ ތަޤްވާވެރި، އްމެ ގިނައިން ހެޔޮ ޢަމަލުކުރާ މީހަކުކަމުގައިވުމަށެވެ. ތިމާއަކީ އެންމެ އަޚްލާޤް ރަނގަޅު މީހާކަމުގައިވެ ސުވަރުގޭގެ އެންމެ މަތީދަރަޖައިން ޖާގަހޯދުމަށެވެ. ތިމާއަކީ މައިންބަފައިންނަށް އެންމެ ހެޔޮ، އެންމެ ޚިދުމަތްކުރާ މީހާކަމުގައިވުމަށެވެ. އަދި އަނބިދަރީންނަށާއި މީސްތަކުންނަށްވެސް މެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން