ޙަރާމްކުރެއްވެވި ކަންކަމުން އުފާހޯދާނަމަ ބައިވެރިޔާ ކިތަންމެ ރީތިވެފައި ރަނގަޅު ނަމަވެސް އެފަދަ އެއްވެސް ކަމެއް ފިރިމީހާއަކަށް ނުފެންނާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޙަރާމްކުރެއްވެވި ކަންކަމުން އުފާހޯދާނަމަ ބައިވެރިޔާ ކިތަންމެ ރީތިވެފައި ރަނގަޅު ނަމަވެސް އެފަދަ އެއްވެސް ކަމެއް ފިރިމީހާއަކަށް ނުފެންނާނެ!: މުފްތީ މެންކް

އަހަރެން މިބަސް މިބުނީ ދެމަފިރިންނަށް ޚާއްޞަކޮށްގެންނެވެ. ފިރިމީހާވެސް އަދި އަނބިމީހާވެސް ޙަރާމް ކަންކަންކުރާނަމަ، ކައިވެނީގެ ބޭރުން ޖިންސީ އެދުންތައް ފުއްދައި، ބަރަހަނާ ފިލްމްތަކާއި މަންޒަރުތައް ބަލާނަމަ ހިލޭ މީހުންނަށް ބަލާނަމަ ﷲ ތަޢާލާ ދެއްވެވި ކައިވެނީގެ ގުޅުމުން ލިބެންޖެހޭ ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެއެވެ. ދުވަހެއް ދުވަހަކަށްދާނީ ބައިވެރިޔާގެ ބޭނުންކުޑަވަމުންނެވެ. ބައިވެރިޔާދެކެ ފޫހިވަމުންނެވެ.

މިބަޔާންކުރި ފަދަ ޙަރާމްކަންކަން ކުރާނަމަ ތިބާއަށް ﷲ ތަޢާލާ ދެއްވެވި ރަނުގެ ޚަޒާނާއެއްފަދަ އަގުހުރި ބައިވެރިޔާގެ ކިބައިން އެއްވެސް ރަނގަޅު ސިފައެއް ތިބާއަކަށް ނުފެންނާނެއެވެ. އަބަދުވެސް ފެންނާނީ، ފާހަގަކުރެވޭނީ އުނިސިފަތަކެވެ. އިތުރުވާނީ ފޫހިކަމެވެ. އުފެދޭނީ ރުޅިވެރިކަމެވެ.

ބައެއް މީހުންނަށް އެމީހާއަށް ކިތަންމެ ރީތި ކިތަންމެ ހެޔޮ ، އޯގާތެރި، ވަފާތެރި އަދި ކިޔަމަންތެރި ބައިވެރިއަކު ލިބިފައިވީނަމަވެސް އެބައިވެރިޔާގެ ކބައިން ހިތްހަމަޖެހުމާއި އުފާ ނުލިބެނީ މިބުނިފަދަ ޙަރާމްކަންކަން ކުރެވޭތީއެވެ.

މީސްތަކުންނޭވެ! މިކަންކަމަށް ވިސްނައި އިޞްލާޙްވާންޖެހޭ މީހުން މިއަދުން މިއަދަށްވެސް އިޞްލާޙްވާށެވެ! މިފަދަ ނުބައި ކަމަކަށް އަރައިނުގަނެ ތިބި މީޙުން އެއްގޮތަކަށްވެސް މިފަދަ ކަމަކަށް ކައިރިވެސް ނުވާށެވެ! ބައިވެރިޔާގެ ކިބައިން ޙަޤީޤީ އުފާވެރިކަން ޙާޞިލުކުރެވި އުފަލުގައި ދިރިއުޅެވޭނީ އެއިރުންނެވެ. ހަރާމްކަންކަން ކުރުން ގިނަކުރާވަރަކަށް ޙަލާލްކަންތަކުން ލިބޭ ފޮނމީރުކަން ކުޑަވެގެންދާނެއެވެ. ޙަލާލްކަންކަމުން ލިބޭ ފޮނިމީރުކަން، ހިތްހަމަޖެހުމާއި އުފާވެރިކަން ބޭނުންވާނަމަ ޙަރާމްކަންކަން ކުރުމާއި ދުރުހެލިވާށެވެ! --މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން