ލަދު ގަންނަން ނުޖެހޭތަ؟ އެކަނި ފަތިސްނަމާދުކޮށްގެން ފޭބި ކުއްޖާ ގާތުގައި "ބައްޕަ ކޮބައިތޯ؟" ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށް ބުނަން ދެއަތް އުފުލީ އުޑާއި ދިމާއަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ލަދު ގަންނަން ނުޖެހޭތަ؟ އެކަނި ފަތިސްނަމާދުކޮށްގެން ފޭބި ކުއްޖާ ގާތުގައި "ބައްޕަ ކޮބައިތޯ؟" ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށް ބުނަން ދެއަތް އުފުލީ އުޑާއި ދިމާއަށެވެ!

އެކަނި އައިސް މާލޭގެ މިސްކިތަކަށް ފަތިސްނަމާދަށް އެރި ޢުމުރުން 7 އަހަރުގެ ކުޑަކުއްޖެއެވެ. އެއިރު ގަޑިންވާނީ 5:30 ހާއިރެވެ. އެކަނި ހުރެ ވަރަށް ރީތިކޮށް، ފުރިހަމައަށް ނަމާދުކޮށް ނިމިގެން މިސްކިތުން ފޭބުމުން ސުވާލުކުރީމެވެ. 

ކޮއްކޮގެ މަންމަ ކޮބައިތޯއެވެ؟ ޖަވާބަކީ ގޭގައެވެ.

ކޮއްކޮގެ ބައްޕަ ކޮބައިތޯއެވެ؟ ވީތަނެއް ނުއެނގޭކަމަށް ބުނަމުން ދެއަތް އުފުލީ އުޑާއި ދިމާއަށެވެ. 

އެކުއްޖާ ދިއުމުން އެތަނުގައި ހުރި މީހަކު ބުންޏެވެ. "އެއީ އަވަށްޓެރި އަންހެނެއްގެ ދަރިއެކެވެ. އޭނާގެ 3 ކުދިން ތިބޭނެއެވެ. ދޮށްޓަށް ތިބޭނީ 2 އަންހެންކުދިންނެވެ. މިއީ އެންމެ ހަގުކުއްޖާއެވެ. މިކުއްޖާ ވިހެއިތަނުން ވަރިކޮށްލާފައި ދިއަފަހުން ދަރިއެއްގެ ލޮލަކަށް އޭނާއެއް ނުފެނެއެވެ. އަޅައެއް ނުލައެވެ. މަންމަ ދަރިންކޮޅު ގެންގުޅެނީ ވަރަށް ދަތިޙާލުގައެވެ. އެއީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. މިހާރުވެސް ތަންކޮޅެއް ދުރުގައި ދަރިފުޅު ދަންދެން މަޑުކޮށްގެން ހުންނާނެއެވެ." 

މިދެއްކޭ ވާހަކައަކީ މިއީއެވެ. އަނބިމީހާ ވަރިކޮށްލިފަދައިން 3 ދަރިންވެސް އެއްލައިލީއެވެ. އަނބިމީހާ ކަމުނުގޮސްގެން ވަރިކުރިނަމަވެސް ބައްޕަ ދުނިޔޭގައި ހުރެ ތިމާއަށް ލިބިފައިވާ 3 ދަރިން ޔަތީމްކޮށްލާ މީހުންގެ އަތުން ދަރިންގެ ޚަރަދަށް ކޯޓުތަކަށް ފައިސާ އަތުނުލެވުނަސް އެފަދަ މީހުންގެ ފޮޓޯ އާއި ވަނަވަރު ޢާންމު ނުކުރެވެންވީ ސަބަބަކީ ކޮބައިތޯއެވެ؟ ޢާންމުކުރާނަމަ ހެޔޮ ބަދަލެއް ނުއަންނާނެބާވައެވެ!

މިއަދު އޮންލައިން