ޙަދީޘްފުޅުގައިވާފަދަ އެންމެ ބުއްދިވެރި މީހަކަށްވާން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޙަދީޘްފުޅުގައިވާފަދަ އެންމެ ބުއްދިވެރި މީހަކަށްވާން އެބަ މަސައްކަތްކުރަމު ހެއްޔެވެ؟

މީސްތަކުންނޭވެ! އަންޞާރީ ބޭކަލަކު އެންމެ ބުއްދިވެރި މުސްލިމަކީ ކޮބައިތޯ ސުވާލުދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އެމީހަކީ އެންމެ ގިނައިން މަރުހަނދާންކުރާ އަދި އެންމެ ފުރިހަމައަށް އާޚިރަތަށްޓަކައި ތައްޔާރުވާ މީހާކަމަށެވެ. އާޚިރަތަށް ތައްޔާރުވުމަކީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ހީކޮށް އެކަމަށް ތައްޔާރުވެގެން ހުރުމެވެ.

އެކަމަށް ތައްޔާރުވުމަކީ ހަމައެކަނި ފާފަ ނުކުރުމެއްވެސް ނޫނެވެ. ފާފަކުރުމުން ދުރުހެލިވުމާއިއެކު ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަންވެސް ޖެހޭނެއެވެ. ޙަދީޘްފުޅުގައިވާފަދަ އެންމެ ބޮޑު ބުއްދިވެރިއަކަށްވެވޭނީ އެއިރުންނެވެ.

އަމިއްލަ ވިސްނުމުން ނިކަން ވިސްނައިލަބަލާށެވެ!

ކޮމްޕިޔުޓަރު ނުވަތަ ފޯނުން ނަމަވެސް ވެބްސައިޓަކަށް ވަންނަން އުޅުމުން އެއީ ވައިރަސްހުރި ވެބްސައިޓެއްކަމަށާއި އެހެންނަމަވެސް ވަންނަން ބޭނުންތޯ ސުވާލުކުރެއެވެ. އެ ސުވާލުކޮށްފިނަމަ އެއްވެސް މީހަކު ރިސްކްނަގައި އެ ސައިޓަކަށް ނުވަންނާނެއެވެ. އެއީ އެމީހެއްގެ ފޯނު ނުވަތަ ކޮމްޕިޔުޓަރަށް ވައިރަސްއެޅި މައްސަލަ ޖެހިދާނެތީއެވެ.

ދިރިއުޅުމުގައިވެސް ބަލަންވީ ހަމަ މިމޭރުމުންނެވެ. ކުރެވޭ ކަމަކީ އެކަމެއްގެ ސަބަބުން ތިމާ ފާފަވެރިވެ ތިމާއަށް އާޚިރަތް ގެއްލިދާނެ އެއްވެސް ކަމެއް ނުކުރާށެވެ. އެފަދަކަމެއް ކުރަން އުޅޭ ކޮންމެ ފަހަރަކު ކޮމްޕިޔުޓަރުފަދައިން ތިމާއަށް އިންޒާރެއް ނުލިބިދާނެއެވެ. އެހެނީ އެކަމުގެ އިންޒާރު ވަނީ ކީރިތި ޤުރްއާނުގައާއި ޙަދީޘްފުޅުތަކުގައި ދެއްވަވައިފައެވެ.

މުސްލިމަކު ފާފައެއް ކުރަން އުޅޭނަމަ އެއީ ފާފައެއްކަމާއި އެކަން ނުކުރަން މަލާއިކަތުން އެމީހަކަށް "މެސެޖް" ދެއްވަވާނެތެވެ. އަހުރެމެންނަށް ބަލައި ނުގަނެވި އެކަންކުރެވެނީއެވެ. އެފާފަކުރަން ޝައިޠޯނާ ބުނާ ބުނުމަށް ބުރަވެވެނީއެވެ. ވީމާ މިއީ ވިސްނައި ސަމާލުވާންޖެހިފައިވާ ކަމެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން