ޒުވާނާ އާ ކުރެވުނު އެންމެ ސުވާލަކުން ކުރެވެމުންދިއަ ފާފަކުރުން ހުއްޓާލައި ދީނަށް ނަޞްރުދޭ މީހަކަށް ބަދަލުވި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޒުވާނާ އާ ކުރެވުނު އެންމެ ސުވާލަކުން ކުރެވެމުންދިއަ ފާފަކުރުން ހުއްޓާލައި ދީނަށް ނަޞްރުދޭ މީހަކަށް ބަދަލުވި ޒުވާނެއްގެ ވާހަކަ-

ބައެއް މީހުންނަށް ޚާއްޞަކޮށް ޒުވާން ޢުމުރުގައި ނުބައި ކަންކަން ގިނަ ބައަކަށް ކުރެވެނީ މާބޮޑު ވިސްނުމެއް ނެތިއެވެ. ވީމާ އެޙާލަތުގައި ނަބޭޙަތްތެރިވާންޖެހޭނީ ވަރަށް ޙިކުމަތްތެރިކަމާއިއެކުގައެވެ. މިކިޔައިދެނީ ޙިކުމަތްތެރިކަމާއިއެކު ބަސްބުނުމުން ކުރާ ފައިދާގެ ބޮޑުކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކައެވެ.

އެއްރޭ އަހަރެން ހުރި ހޮޓަލެއްގައި މިޔުޒިކްޝޯއެއް ބޭއްވިއެވެ. އެޝޯގައި ބައިވެރިވުމަށް މުސްލިމެއްގެ ސިފައިގައި ހުރި ޒުވާނަކު މިޔުޒިކްކުޅޭ އެއްޗެއް ހިފައިގެންދާތަން ފެނުމުން އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ.

ފަހަތުން ގޮސް އަރައިހަމަކޮށް ކޮނޑުގައި ހިފަހައްޓާފައި ސުވާލެއްކުރީމެވެ؟

"އަހަރެންނަކީ މަރުގެ މަލާއިކަތާ ކަމަށްވެއްޖެނަމަ ތިބާ ތިއަހުރީ މަރުވަން ތައްޔާރަށް ހެއްޔެވެ؟"

ޖަވާބުގައި ޒުވާނާއަށް ބުނެވުނެވެ! "ތިއަފަދައިން އިރާދަނުކުރައްވަވާށިއެވެ! އަހަރެން އަދި މިހިރީ އެއްވެސް ވަރަކަށް މަރުވުމަށް ތައްޔާރުވެގެނެއް ނޫނެވެ."

ޖަވާބުލިބުމާއިއެކު އަހަރެން އެނބުރި ދިއައީއެވެ. އޭނާ އަމަލުކުރީ ކޮންގޮތަކަށްތޯވެސް ނުބަލަމެވެ. އެއީ މުންކަރާތެއް ހިންގާތަން ލޮލުން ދެކެންވެސް ބިރުގަންނާތީއެވެ. އެފާފަކުރަން ބޭނުން ނުވާތީއެވެ. ލޯނަރަކައަށްލާން ބޭނުންނުވާތީއެވެ.

ކޮންމެއަކަސް މިއަދު ބުނަން ޖެހެނީ އެރޭ އަހަރެން އެސުވާލުކުރި ޒުވާނާއަކީ އޭނާގެ ރަންއަޑާއި ހުނަރު ބޭނުންކޮށްގެން މީސްތަކުން އިސްލާމް ދީނަށް ވައްދުވަން މަސައްކަތްކުރާ ޒުވާނެކެވެ. ދީނީ ފަތުވާ ދެމުންގެންދާ ޒުވާނެކެވެ.

މީސްތަކުންނޭވެ! މީހަކު މަރުވެގެން ވަޅުލެވުނު ވަގުތު ބިންމަތީގައި ކަކޫފުޅު ޖައްސަވައިގެން އިންނަވައި ކަރުނަފޮދުން ބިންގަނޑު ތެމެންދެން ރަސޫލް ﷺ ކީރިތި ކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވިއެވެ. "އެކަމަށް (ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް) ތައްޔާރުވާށެވެ! އެކަމަށް ތައްޔާރުވާށެވެ!"

ސުވާލަކީ އަހަރެމެންނަށް މިތިބެވެނީ މަރަށް ތައްޔާރުވެގެން ހެއްޔެވެ؟ ތައްޔާރުވާން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން