ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް-: ޤުރްއާނުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކުރި އަޅުކަން ޤަބޫލުފުޅު ކުރެއްވެވުން އެދިގެން ކުރަން އޮތް ދުޢާއެއް-: ޤުރްއާނުން

މިއީ ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތެވެ. މި ދުޢާއަކީ އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާއި ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި އިރު އެ އަމަލު ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެން ﷲ ތައާލާއަށް ކުރެއްވެވި ދުޢާއެވެ.

رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ

"އަޅަމެންގެ ވެރިރަސްކަލާކޮ! އަލަމެންގެ ކިބައިން (މިކަން) ޤަބޫކުރައްވަވައިފާނދޭވެ! ހަމަކަށަވަރުން އިނބަ ރަސްކަލާނގެއީ މޮޅަށް އައްސަވައިވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ!" 

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އަޅުކަމެއް ކޮށްލެވުމުން އެ ހިސާބުން އެކަން އެއޮތީ ނިމިފައި ކަމަށެވެ. ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެކަމަށެވެ. އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އަހަރެމެން ކުރާ އަމަލު ހެޔޮ އަމަލަކަށްވާނީ ﷲ ތަޢާލާ އެ ޢަމަލު ޤަބޫލުފުޅު ކުރެއްވެވުމުންނެވެ. ވީމާ ކުރާ އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. އިޚްލާޞްތެރިކަން އެންމެ ކުރިއަށް ނެރެންޖެހޭ އެއް ސަބަބަކީވެސް އެއީއެވެ. 

އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާ ކުރުމަކީ ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވެފައިވާ ކަމެކެވެ. އެހެން ނުހަދާށެވެ. އަޅުކަން ކުރުމަށްފަހު ކުރި އަޅުކަން ޤަބޫލުފުޅު ކުރައްވަވާތޯ ދުޢާކުރުން އާދަކުރަން އެބަ ޖެހެއެވެ. އަހުރެމެން އެންމެންނަޚީވެސް އެތައް ބައިވަރު އުނިސިފަތައް ހުންނަ މީހުންނެވެ. ވީމާ އުނިސިފަތައް އިޞްލާޙްކުރަން އަބަދުވެސް މަސައްކަތްކުރަންވާނެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކަށްވެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން