ފާޠިމަތު ނައީޝާ
މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާއަށް ކުއްތަންވެ، އެކަލާނގެ މަގުގައި ޘާބިތުވެ ދެމިހުރެވޭނެ މަގު، އެކަލާނގެވަނީ އަހަރެމެންނަށް ދައްކަވާފައިއެވެ. ކީރިތި ޤުރުޢާން މެދުވެރިކޮށެވެ. އަހަރެމެންނަށް އޮތީ އެފޮތް ކިޔާ، އެއަށް ޢަމަލުކޮށް، އެފޮތުގައިވާ ސޫރަތްތަކުން ޢިބުރަތް ހާސިލްކުރުމެވެ.
ޔޫސުފް ސޫރަތުން އަހަރެމެންނަށް ލިބޭ 20 ޢިބުރަތް:
1. ކީރިތި ޤުރުޢާނުގެ މާތްކަމާއި މަތިވެރިކަން
2. އަހަރެމެންނަށް ލިބިފައިވާ އެންމެ ފުރިހަމަ ވާހަކަތައް އޮތީ ކީރިތި ޤުރުޢާނުގައިކަން
3. މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ޙަޟްރަތުން ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ އީމާންތެރިކަމާއި ޢިލްމުކަން
4. މުއުމިނުންނަށް ބައެއް ކަންކަމާމެދު ކުރެވޭ ފިކުރާއި ވިސްނޭގޮތަކީ ތެދުކަން
5. ބައެއް ހުވަފެންތަކަކީ ﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ޙަޟްރަތުން މުއުމިނުންނަށް ލިބޭ ހަދިޔާއެއްކަން
6. ބޭރުފުށުން ދައްކާ ތެދުވެރިކަމާއި ހިތްތިރިކަމަށްވުރެ، އެތެރެފުށުން ދައްކާ ތެދުވެރިކަމާއި ހިތްތިރިކަން މާ ފުރިހަމަވެފައި ރީތިކަން
7. ހެޔޮ ޢަމަލުތަކުގެ ވެރިއަކަށް ވުމީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަމެއްކަން
8. ޢަދާލާތްތެރިކަމާއި ހަމަހަމަވުމުގެ މުހިއްމުކަން
9. މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ދެއްވެވި ނިޢުމަތްތަކާމެދު ޝުކުރުވެރިވުން
10. ތިބާއަށް ލިބިފައިވާ ނިޢުމަތްތަކާމެދު ބޮޑާވެ އެކަންތައްތައް ފާޅުކުރުން
11- މުއުމިނުން އަބަދުވެސް ތިބޭނީ ސަމާލުވެކަން
12- ރިވެތިވެގެންވާ ކެތްތެރިކަމަކީ މީހުން ކައިރި ތިބާއަށް ދިމާވާ ކަންކަމާމެދު ޝަކުވާނުކުރުންކަން
13- ރަނގަޅު އީމާންތެރިކަމެއްގެ ވެރިއަކީ ކަންކަމާ ދުރާލާ ތައްޔާރުވެ ވިސްނުންތެރިކަމާއިއެކު ކޮންމެ ކަމެއްވެސްކުރާ މީހެއްކަން
14- ހުރިހާ ގޮތަކުންވެސް މައިންބަފައިންނަށް އިޚްތިރާމާއި ޤަދަރުކުރުން
15- ދީންވެރި އަދި އިޚްލާޞްތެރި ގެއަކުން ނިކުންނާނީ ދީންވެރި، އިޚްލާޞްތެރި ދަރިންކަން
16- މުއުމިނުން، އެބައިމީހުންގެ ދަރިންގެ އީމާންތެރިކަމާއި ސިއްޙަތާއި އަދި އެނޫންވެސް ކަންކަމާމެދު ސަމާލުވާނެކަން
17- ޒުވާން ދައުރު ތިބާގެ އީމާންތެރިކަމާއި ޖިންސީ އެދުންތަކާއި، ހިތްނިޔަތް ރައްކާތެރިކޮށްފިނަމަ، މުސްކުޅި ޢުމުރު އެކަލާނގެ ތިބާއަށް ވާގިވެރިވާނެކަން
18- ނަފްސުގެ ބޮޑާކަމާމެދު ސަމާލުވުމުގެ މުހިއްމުކަން
19- ހަސަދަވެރިކަމަކީ އެންމެ ބޮޑަށް ގެއްލުންކުރަނިވި ސިފައެއްކަން
20- ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ އުޅުމުގެ ނުބައިކަން
https://www.kubepublishing.com/blogs/news/20-lessons-from-surah-yusuf
https://www.kubepublishing.com/blogs/news/20-lessons-from-surah-yusuf