"ކަމަކާ ނުލާ ވަރިއަށް އެދޭ އަންހެނާ އަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެއްޖެއެވެ".: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
"ކަމަކާ ނުލާ ވަރިއަށް އެދޭ އަންހެނާ އަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެއްޖެއެވެ".: ޙަދީޘް

ބައެއް ފިރިހެނުންނަކީ މަޤްބޫލް ޢުޛުރެއް ނެތި ހިތްހަމަނުޖެހޭކަމެއް މެދުވެރިވާއިރަށް ވަރިކުރާ ބައެކެވެ. އެއީ އިސްލާމް ދީނުގައި އެކަންކުރަން އޮތްގޮތެއް ނޫނެވެ. ކައިވެނި ޙިމާޔަތްކޮށް ރައްކައުތެރިކުރުމުގެ އިސް މަސްއޫލްވެރިއަކީ ފިރިމީހާއެވެ. ނަވެއް އަޅާފައި އޮއްވައި ކަނޑުގަދަވެލާއިރަށް ނަގިލި ވައުި ކަނޑައިލުމަކީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ. 

ހަމައެފަދައިން ބައެއް އަނބިންނަކީ ކިރިޔާ ކަމެއްދިމާވާއިރަށް ވަރިއަށް އެދޭ ބައެކެވެ. މިއީވެސް ވަރަށް ސީރިއަސްކަންބޮޑު މައްސަލައެކެވެ. 

ފިރިމީހާ އަނބިމީހާ އަށް އަޅާ ނުލުން ފަދަ މަގްބޫލު ސަބަބަކާ ނުލާ ފިރިމީހާގެ ގާތުން ވަރިއަށް އެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. 

(أَيُّمَا امْرَأَةٍ سَأَلَتْ زَوْجَهَا طَلاقًا فِي غَيْرِ مَا بَأْسٍ فَحَرَامٌ عَلَيْهَا رَائِحَةُ الْجَنَّة)

މާނައަކީ: "ކަމަކާ ނުލާ ވަރިއަށް އެދޭ އަންހެނާ އަށް ސުވަރުގޭގެ ވަސްވެސް ޙަރާމްވެއްޖެއެވެ". 

ކަންމިހެން އޮތުމުން ފިރިމީހާގެ ކިބައިން ވަރިއަށް އެދުން ހުއްދަވެގެންވަނީ މަޤްބޫލް ސަބަބުތަކެއް ހުރިނަމައެވެ. ތިމާ އެދޭ ހުރިހާ ސިފަތަކެއް އެމީހެއްގެ ކިބައިގައި ހުރި އެއްވެސް މީހަކު ނުހުންނާނެއެވެ. އަދި ތިމާ އެދޭ ހުރިހާ ކަންކަން ޙާޞިލްކުރެވުމަކީ ހަމައެކަނި ސުވަރުގެއިން ޙާޞިލުކުރެވެން އޮތް ކަމެކެވެ. އެކަން ދުނިޔެއިން ޙާޞިލްކުރަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން