ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވުމުން ފުރަތަމަ ކަމަކަށް އެމީހަކާ ދުރުހެލިވުމަކީ ފަހުން ހިތްދަތި ގޮތްތައް މެދުވެރިވެދާނެކަމެއް!: ޑރ. ރާނިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވުމުން ފުރަތަމަ ކަމަކަށް އެމީހަކާ ދުރުހެލިވުމަކީ ފަހުން ހިތްދަތި ގޮތްތައް މެދުވެރިވެދާނެކަމެއް!: ޑރ. ރާނިއާ

ތިމާ ހިތްހަމަ ނުޖެހޭ ކަމެއް މެދުވެރިވުމުން ފުރަތަމަ ކަމަކަށްވެސް ކޮންމެވެސް މީހަކާ ނުވަތަ ތަނަކާ ދުރުހެލިވުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. އެގޮތުން އެމީހަކަށް ހިތްހަމަނުޖެހުން ލިބުމަށް މެދުވެރިވިކަމަށް ޤަބޫލުކުރެވޭ މީހާއާއި ނުވަތަ ތަނަކާއި ދުރުހެލިވެވޭ މީހުން ވަރަށް ގިނައެވެ. އެގޮތުން އެމީހަކާއި ވާހަކަ ދެއްކުން ހުއްޓައިލައެވެ. ނުވަތަ އެތަނަކަށް ދިއުން ހުއްޓައިލައެވެ.

އެގޮތަށް ކަންކަން ކުރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އެވަގުތު ލިބިދާނެއެވެ. ނަމަވެސް އެއީ ދާއިމީ ހިތްހަމަ ޖެހުމަކަށް ނުވެދާނެއެވެ. އެގޮތަށް ކަންތައްތައް ކުރެވުނީތީ ފަހުން ހިތާމަކުރަންވެސް ޖެހިދާނެއެވެ. އެއިރުން ލިބޭ ހިތްދަތިކަން މާބޮޑުވެއެވެ. 

އެކަމުގައި އޮތް އެންމެ ރަނގަޅު ޙައްލަކީ ފުރަތަމަ ކަމަކަށް އެކަން މެދުވެރިވީ އޭނާގެ ސަބަބުންކަން ޔަޤީންކުރުމެވެ. އެކަމަށް އަވަސް އަރައިނުގަންނާށެވެ. ކެތްތެރިވެލައިގެން މަސައްކަތްކުރާށެވެ. އެގޮތަށް މަސައްކަތްކުރާއިރު އެމީހަކާއިމެދު ސަމާލުވާށެވެ. އިތުރަށް އެމީހެއްގެ ފުށުން އެއްވެސް ގެއްލުމެއް ނުލިބޭނެ ގޮތަށް ފިޔަވަޅުތައް އަޅާށެވެ. 

ދެން އޮތީ ހިތްހަމަނުޖެހުން ލިބުނީ ވަކިމީހެއްގެ ކިބައިންކަން ޔަޤީންކުރެވުމެވެ. އެހިސާބުން އެއީ އެމީހަކާއި ގުޅުން ކަނޑާލަންޖެހޭ ވަރުގެ ކަމެއް ނަމަ ގުޅުން ކަނޑައިލާށެވެ. އެއިރުން ފަހުން ހިތާމަކުރާކަށް ނުޖެހޭނެއެވެ. 

ހަމަ އެގޮތަށް ތިމާ ހިތްހަމަ ނުޖެހޭ ކަމެއް ޢާއިލާގެ ގެއަކުންވެސް ފެނިދާނެއެވެ. އެޙާލަތުގައި އެގެއަށް ވަނުން މުޅިންހުއްޓައިލުމުގެ ބަދަލުގައި އެކަމަކީ ތިމާ ހިތްހަމަނުޖެހޭ ކަމެއްކަން ބަޔާންކުރާށެވެ. އެގެއަށް ވަނުން ހުއްޓާލަންވާނީ އެއަސްފަހުގައެވެ. 

ދުނިޔޭގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންކަން އަބަދުވެސް ކުރިމަތިވާނެއެވެ. އެކަންކަމަށް ކުރިމަތިލާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ހިތްހަމަނުޖެހޭ ކަމެއް ކުރާ ކޮންމެ މީހަކާއި ވަޤުތުން ގުޅުން ކަނޑާލަންވެއްޖެނަމަ އެމީހަކަށް އެކަނި އުޅެންޖެހުން ގާތްވާނެއެވެ. އެއީ އެއްވެސް މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. 

އެންމެ ގާތުން ކަންކަން ބަލާނަމަ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކާއިމެދުގައިވެސް ވިސްނުން ހިންގައިލާށެވެ. ކަމެއްޖެހޭއިރަށް އޮތީ ދެމީހުން ވަކިވުމެއް ނޫނެއް ނޫންހެއްޔެވެ؟ ދެމީހުން ވަކިވުމާއި ހަމައަށް ދިއުން އޮތީ ޙައްލުހޯދަން މަސައްކަތްކޮށް އެކަމަށް ޙައްލު ނުހޯދުނުނަމަ ނޫންހެއްޔެވެ؟ މިއީ ދިރިއުޅުމުގައި ކުރިމަތިވާ އެފަދަ ހުރިހާ ކަމެއްގައިވެސް ޢަމަލުކުރަން އޮތް މަގެވެ. 

- ޑރ. ރާނިއާ އަވާދުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން