މަންމަ ބަލާނެ އިތުރު ދަރިއަކު ނެތުމުން ކައިވެނިނުކޮށް ހުރުމަކީ ކޮންކަހަލަ ކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މަންމަ ބަލާނެ އިތުރު ދަރިއަކު ނެތުމުން ކައިވެނިނުކޮށް ހުރުމަކީ ކޮންކަހަލަ ކަމެއް؟

އަޅުގނަޑަކީ އުމުރުން 26 އަހަރުވެފައިވާ މީހެކެވެ. އަދިވެސް އަހަންނަށް ކާވެނިކުރުމުގެ ނަސީބެއް ނުލިބެއެވެ. ބައެއްފަހަރު މިހެން ހުންނަން މިޖެހެނީ މައިންބަފައިންނަށްޓަކާއޭ ހިތަށް އަރައެވެ. އެމީހުންގެ 7 އަހަރުގެ ދަރިއެއް ހުރެއެވެ. އަހަންނާ އެއްބަނޑު އެއްބަފާ ދެ ކޮއްކޮއިން ވަނީ މީހުންނާ އިދެގެން އެކަކު ފިރިމީހާގެ ރަށަށް  އަނެކަކު ވަނީ ދިރިއުޅުން ބަދަލުކޮށްފައެވެ. 

ތިބެނީ 4 އަންހެންކުދިންނާ 1 ފިރިހެން ކުއްޖެކެވެ. އެންމެބޮޑީ އަޅުގަނޑެވެ. މަންމަ ބަލާނެ ދަރިއަކު މިހާރު މަންމަ ކައިރީގައި އަޅުގަނޑު ނޫނީ ނެތެވެ. 07 އަހަރުގެ ކުއްޖާގެ ތަޢުލީމީ ގޮތުން ރަގަޅުކުއްޖަކަށް ހެދުމަށް އަޅުގަނޑު ވަރަށް ބޭނުމެވެ. އެހެންކަމުން ކާވެނިކޮށްގެން އެހެން ގެއަކަށް ދެވޭކަށް ނެތެވެ. 

މަންމަ އަބަދުވެސް ކުރާ ިތާމައަކީ މަންމަ ބަލާނެމީހަކު ގޭގައި ނުހުންނާނެކަމުގެ ސަކުވާ އަބަދުވެސް ކުރެއެވެ. މިފަދަ ސަބަބަކަށްތަކާ އަޅުގަނޑު މީހަކާ ނީނދެ މަންމަމެން ބަލަން ހުރުން އެއީ ކޮންކަހަލަ ކަމެއްތޯއެވެ؟ އެމަންމަ ހިތުގައި ޖައްސާފައި ފިރިމީހާއާއިއެކު ދާން ބޭނުންނުވާތީއެވެ. މީހަކާ އިދެއްޖެނަމަ ފިރިމީގެ އަމުރަށް ކިޔަމަންވެ އޭނާގެ ގޭގައި އުޅެން ދާން ޖެހިދާނެތީއެވެ މިކަމުގައި ރަގަޅުގޮތެއް އަޅުގަނޑު ބޭނުމެވެ؟ 

މަންމަ އަށް ކަމޭހިތުމުގައި ތިޔަ ގެންގުޅުއްވާ ފަރުވާތެރިކަމަށް ޓަކައި ވަރަށް ބޮޑަށް މަރްޙަބާ ކިޔަމެވެ. ﷲ ތަޢާލާ އުޚްތާ އަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން. 

މަންމަމެން ބެލުމަށްޓަކައި މުޅި ޢުމުރު ކައިވެންޏެއް ނުކޮށް ދޫކޮށްލުމަކީ ރަގަޅު ކަމެއް ނޫނެވެ. ކައިވެނި ކުރަން އުޅޭ މީހާއާއި އެކުގައި އެއްބަސްވުމަކަށް އައުން މުހިންމެވެ. ތިމަންނާގެ ޙާލަތު ހުރިގޮތުން މަންމަ ދޫކޮށްފައި ދެވެން ނެތްވާހަކަ ރަގަޅަށް ބަޔާންކޮށްދީ އެކަން ގަބޫލު ކުރާފަދަ ފިރިޔަކާއި ކައިވެނި ކުރުން ރަގަޅެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން