ކައިވެންޏަށްފަހު މިބަސްތައް ބުނެވޭނަމަ އެމީހަކީ ކައިވެނިކުރަން ކުފޫހަމަވާ މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކައިވެންޏަށްފަހު މިބަސްތައް ބުނެވޭނަމަ އެމީހަކީ ކައިވެނިކުރަން ކުފޫހަމަވާ މީހެއް ނޫން!

ކައިވެނިކުރުމަށްފަހު ބުނަން ވަރަށް ވަރަށް ނުރައްކާތެރި ބައެއް ބަސްތައް އެބަހުއްޓެވެ. އެބައަށް ފަހުން ދާނަމެވެ. އިހަށް މިވާހަކަ އަޑުއަހާށެވެ! 

ކޮންމެ ދެމީހަކުވެސް ކައިވެނިކުރާނީ އެމީހުންނަކީ ކައިވެނިކުރަން ކުފޫހަމަވާ ދެމީހުންކަމަށް ޤަބޫލުކޮށްގެންނެވެ. އެކަމަކު މައްސަލައަކަށް މިވަނީ ކުފޫހަމަވާންޖެހޭ ކަންކަން ގިނަބައަކަށް ނުއެނގޭތީއެވެ. ކުފޫހަމަވާކަމަށް އެހާފަސޭހައިން ޤަބޫލުކުރެވޭ ސަބަބަކީވެސް ކުފޫހަމަވާންޖެހޭ ކަންކަން ނުއެނގުމެވެ. އެއީ ދިގު ލިސްޓެކެވެ. އެއިގެ ތެރެއިން މިފާހަގަކޮށްލަނީ އެންމެ ދެތިން ކަމެކެވެ. 

ފުރަތަމަ ކަމަކީ ކައިވެނިކޮށްގެން ދިރިއުލެން ނިންމަނީ ފިރިމީހާގެ ޢާއިލާއާއިއެކުގައި ކަމަށްވާނަމަ އަނބިމީހާއާއިމެދު ގެއިން ކަންކަންކުރަނީ ނުބައިކޮށް ކަމަށްވެއްޖެނަމަ ކަންކަންކުރާނެ ގޮތް ނުއެނގުމެވެ. މައްސަލަ ޙައްލުކުރަން ޢަމަލުކުރާނެ ގޮތް ނުއެނގުމެވެ. 

ދެވަނަ ކަމަކީ އަނބިމީހާއަށް ނުބައި ބަސްތައް ބުނެވި ނުބައި ގޮތްގޮތަށް ކަންކަން މެދުވެރިވާނަމަ ޢަމަލުކުރަންވީ ގޮތް އަނބިމީހާއަށް ނުއެނގުމެވެ. އެކަމަށް ސިކުނޑި ތައްޔާރު ނުކުރެވުމެވެ. 

ތިންވަނަ ކަމަކީ އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މައްސަލަ ޙައްލުކުރުމުގައި އިންޞާފުވެރިވާން ފިރިމީހާއަށް ނުއެނގުމެވެ. ވަކިކޮޅަކަށް ބުރަނުވެ ކަންކަން ނިންމަން ނުއެނގުމެވެ. 

ދެން މިބުނަނީ ފަށަމުން ބުނި ބުނެވޭ ނުރައްކައުތެރި ބަސްތަކުގެ ވާހަކައެވެ. "އެއީ ވަރިކޮށްފިން! ނުކުމެގެން ގެއަށްދޭ" އާއި "ވަރިކޮށްފައި ފޮނުވައިލާ" މި 2 ބަހެވެ. ޤަބޫލުކުރަން ކިތަންމެ އުނދަގޫވިނަމަވެސް ކުރިން ބަޔާންކުރި ފަދަ ކަންކަން މެދުވެރިވުމުން އެންމެ ގިނައިން ބުނެވޭ ބަސްތަކުގެ ތެރޭގައި މިނުރައްކައުތެރި ބަސްތައް ހިމެނެއެވެ. މިބަސްތައް އެހާފަސޭހައިން ދުލުން ބުނެވެނީ ކައިވެނިކުރަން ދެމީހުން ކުފޫހަމަނުވާތީއެވެ. އެކަމަށް ވިސްނަން ޖެހޭ މިންވަރަށް ވިސްނައި އެފަދަ ޙާލަތުގައި އަމަލުކުރާނެގޮތް ދަސްކޮށްގެން ކައިވެނިކުރާނަމަ ކަމެއް ދިމާވާއިރަށް އެހާފަސޭހައިން އެފަދަ ބަސްތައް ބުނާކަށް ނުޖެހޭނެއެވެ. 

މިބަޔާންކުރި ޙާލަތުތައް ކުރިމަތިނުވާނެކަމަށް ބަލައިގެން ކައިވެނިކުރުމެއް ނެތެވެ. ސަބަބަކީ އެއީ މިހާރަކަށް އައިސް ޢާންމުކޮށް ކުރިމަތިވާ ކަންކަން ކަމުގައިވާތީއެވެ. 

- އަލަފް

މިއަދު އޮންލައިން