އަނބިމީހާމަތިން ފޫހިނުވިނަމަވެސް އިތުރު ކައިވެންޏެއް ކުރަން ބޭނުންވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އަނބިމީހާމަތިން ފޫހިނުވިނަމަވެސް އިތުރު ކައިވެންޏެއް ކުރަން ބޭނުންވެދާނެ!

ދެއަންތބަށް ކައިވެނިކުރަނީ އަނބިމީހާ ކަމުނުގޮސްގެން ނުވަތަ އޭނާދެކެ ފޫހިވެގެން ކަމަށް ބުނާ ބުނުމަކީ ތެދެއްތޯއެވެ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ފިރިހެނަކު ދެވަނަ އަންތބެއް ހޯދަނީ އަނބިމީހާމަތިން ފޫހިވެގންކަމަށް ބުނެވޭ ބުނުމަކީ ރަނގަޅު ބަހެއް ނޫނެވެ. އަނބިމީހާ މަތިން ފޫހިނުވިނަމަވެސް ދެވަނަ އަންތބަކު ހޯދަން ބޭނުންވެދާނެއެވެ.

ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން ބޭނުންވާ ސަބަބުތައް ބަޔާންކުރައްވައި ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވެއެވެ.

"ފިރިމީހާ އިތުރު ކައިވެންޏެއްކުރަން ބޭނުންވަނީ އަނބިމީހާ މަތީން ފޫހިވެގެނެއްނޫނެވެ. ނަމަވެސް އެވެސް ބައެއް ފަހަރު ސަބަބެއްކަމުގައި ވެދާނެއެވެ. އޭގެ އިތުރުން ގިނަ ދަރީން ބޭނުންވުން، އިތުރު ޢާއިލާއަކާ ގުޅުން ބަދަހި ކުރުން، ޖިންސީގޮތުން ވަރުގަދަވުން، އަނބިމީހާއާއި ދުރުގައި ހުންނަން ޖެހުމުން އެހީތެރިއަކު ހޯދުން، އަދި ފިރިހެނުންގެ ތަބީޢަތުގައި ތަފާތު އަންހެނުންނަށް ޝައުޤުވެރިވުން ލައްވާފައިވީތީ ދިރިއުޅުން ތާޒާކޮށްލުމުގެ ގޮތުންވެސް ފިރިމީހާ އެހެންކައިވެންޏަކަށް ބޭނުންވެދާނެއެވެ" .

މި ސަބަބުތަކަށްބަލާއިރު މިއީ ވެސް ބައެއް ސަބަބުތައްކަމުގައިވެދާނެއެވެ. ނަމަވެސް ލިބިފައިވާ ދަރިންނަށް އަޅނުލާ އަދި ޖިންސީ ގޮތުން ބަލިކަށިފިރިހެނުންވެސް އަދި އަނބިމީހާގެ ޢާއިލާ އާއި ގުޅުން ނުބާއްވާ ފިރިހެނުންވެސް ދެއަންތބަށް ކައިވެނިކުރާކަން ފާހަގަކުރެވެއެވެ.

މިހާރަކަށް އައިސް ގިނަ ފިރިހެނުން ދެއަންތބަށް ކައިވެނިކުރަނީ "ފިރިހެނުންގެ ތަބީޢަތުގައި ތަފާތު އަންހެނުންނަށް ޝައުޤުވެރިވުން ލައްވާފައިވީތީ " ކަމަށް ގިނަބައަކު ފާހަގަކުރެއެވެ.

 

މިއަދު އޮންލައިން