ބިރުވެތިވާށެވެ! މިއީ މުސްލިމަކު ކޮށްފިނަމަ ޢުޤޫބާތް ޤިޔާމަތް ދުވަހު އެތައް ގުނައަކަށް ބޮޑުކުރައްވަވާނެ 3 ފާފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބިރުވެތިވާށެވެ! މިއީ މުސްލިމަކު ކޮށްފިނަމަ ޢުޤޫބާތް ޤިޔާމަތް ދުވަހު އެތައް ގުނައަކަށް ބޮޑުކުރައްވަވާނެ 3 ފާފައެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ

"އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަކުރައްވަވާގުއްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ." (އަލްފުރްޤާން: 69)

މުސްލިމަކު އެ 3 ފާފަކޮށްފިނަމަ ޢުޤޫބާތް ޤިޔާމަތްދުވަހު ބޮޑުކުރައްވަވާނެ 3 ފާފައެއް ވެއެވެ. އެއީ ޝިރުކުރުމާއި މީހުންމެރުމާއި ޒިނޭކުރުމެވެ.

އިސްލާމީ މުޖުތަމައުތަކަށް ބަލައިފިނަމަ މީހުން މަރަނީ މަދުބައެކެވެ. ޝަރީކުކުރަނީ ވަރަށް ވަރަށް މަދު މީހެކެވެ. ނަމަވެސް ޒިނޭކުރާ ީހުން މަދުކަމަށް ބުނެވޭކަށް މިހާރަކު ނެތެވެ! އަދި ޒިނޭކުރުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.

މީސްތަކުންނޭވެ! ނަރަކައިގެ ޢަޛާބަކީ ގަދަފަދަ ޢަޛާބެކެވެ. އެގަދަފަދަ ޢަޛާބު އެމީހަކަށް އެތައް ގުނައަކަށް އިތުރުކުރައްވަވައިފިނަމަ ދެން ޖެހޭނެ ޙާލު ނިކަން ހިތަށްގެނެސްބަލާށެވެ!

މުސްލިމުންނަށް ދެއްވަވާ ޢުޤޫބާތް ބޮޑުކުރައްވަވަނީ އެއީ ކިހައި ބޮޑެތި ފާފަތައްކަން އެނގިތިބެ އެފާފަތައް ކުރާތީއެވެ. ވީމާ ﷲ ތައާލާގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ. މިއިން ފާފައެއް ނުވަތަ 3 ފާފަ އެކުގައިކުރެވިފައިވީނަމަވެސް ކަންބޮޑުނުވާށެވެ! ތިބާ އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ހެޔޮ ޢަމަލުތައްކުރަން ފެށުމުން ދެން ކަންކަން ބަދަލުވެގެންދާނެގޮތާއިމެދު ވިސްނާށެވެ.

ތިބާއަށް ފަރުބަދަތަކެއްހައި ގިނަ ފާފަތައް ކުރެވިފައިވީނަމަވެސް ޤިޔާމަތް ދުވަހު އެ ފަރުބަދަތައް ފެންނާނީ ފާފަތަކެއްގެ ގޮތަކު ނޫނެވެ. ހެޔޮ ޢަމަލުތަކުގެ ގޮތުގައެވެ. އެފާފަތައް ހެޔޮ ޢަމަލުތަކަށް ﷲ ތަޢާލާ ބަދަލުކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--އުސްތާޛް ނޫމާން ޢަލޚާންގެ ދަރުސަކުން

މިއަދު އޮންލައިން