މީހުން ބުނާ ބަހަށް ނުބަލާށެވެ! ސުންނަތުގައި އޮތީ ތާހިރު ރީތި ފޭރާންލުމަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މީހުން ބުނާ ބަހަށް ނުބަލާށެވެ! ސުންނަތުގައި އޮތީ ތާހިރު ރީތި ފޭރާންލުމަށެވެ!: މުފްތީ މެންކް

މީހަކު އެމީހަކަށް ލިބޭ މިންވަރަކުން ރީތިފޭރާންލައި ސާފުތާހިރުވެގެން ހުންނާތީ އެއީ ކިބުރުވެރި ބޮޑާ ދެއްކުންތެރިއެއްކަމަށް ޝައްކުކޮށްގެން ނުވާނެއެވެ. އޭނާގެ އަޚްލާޤުން އެފަދަ ނުބައި ކަމެއް ނުފެންނަހައި ހިނދަކު އެމީހަކާއިމެދު ނުބައިކޮށް ހީކޮށްގެން ނުވާނެއެވެ. އަދި ބަލަންވާނީ އެމީހަކީ އިސްލާމް ދީނަށް ލޯބިކުރާ އަދި ސުންނަތަށް ޢަމަލުކުރާ މީހަކު ކަމުގައެވެ.

ވިސްނާށެވެ! ސާފުތާހިރުވެ ރީތިކޮށް ތިބުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން އެކަންކަމަށް ސަމާލުކަންދޭށެވެ. ހަމައެއާއިއެކު ވިސްނަންވީ ކަމަކީ މުހިންމީ ލާހެދުން ރީތިކުރުމަށްވުރެ ތިމާގެ އަޚްލާޤް ރިވެތިކުރުމަށެވެ. ޚުލްޤް ރަނގަޅުކުރުމަށެވެ. އެކަން ރިވެތިނުކޮށް ރިވެތިފޭރާންލުމަކުން އެއްވެސް ރީތިކަމެއް ނެތެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ސާފު، ރީތި ފޭރާންލުމަކީ މުސްލިމުންކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. ރީތި ކަންކަމަސް ލޯބިކުރާ ދީނެކެވެ. އަދި ސުންނަތުގައި އޮތީ ސާފުތާހިރު ވެގެންތިބުމާއި އެމީހަކަށް ލބުނު ވަރަކުން ރީތި ފޭރާންލުމެވެ. އެކަންކަމަށް ރަސޫލް ﷺ ލޯބިކުރައްވަވައެވެ.

ހަމައެކަނި ސަމާލުކަންދޭންވީ އިސްލާމްދީން ހުއްދަކުރާ ފޭރާންލުމަށެވެ. ހުއްދަކުރެއްވެވި ގޮތަށް ހެދުންލުމަށެވެ. ހުއްދަކުރެއްވެވި ފޭރާމުން ފޭރާންލުމަށެވެ. އެކަންކަން ފުރިހަމަކުރެވުމުން އެވަނީ ޝަރުޠުތައް ފުރިހަމަކުރެވިފައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން