އިމާމް މާލިކްގެފާނުގެ މަންމާފުޅު ދެއްވެވި ދަރިކަލުންނަށް ދެއްވެވި އެންމެ އަގުހުރި ނަޞޭޙަތް-: ޑރ. ރާނިއާ އަވާދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އިމާމް މާލިކްގެފާނުގެ މަންމާފުޅު ދެއްވެވި ދަރިކަލުންނަށް ދެއްވެވި އެންމެ އަގުހުރި ނަޞޭޙަތް-: ޑރ. ރާނިއާ އަވާދު

ފުރަތަމަވެސް ބުނެލަން އޮތީ އިސްލާމީ އުންމަތުގެ އިސް ކޮންމެ ބޭކަލަކުހެން އެފަދަ ބޭކަލަކަށް ބަދަލުވެގެންދިއައީ އެބޭކަލުންގެ މަންމައިންގެ ސަބަބުންކަމަށްވެފައި އޮތުމަކީ މައިންނަށް ލިބޭ އެންމެ ބޮޑު އެއް ޝަރަފެވެ. ވީމާ ދައްކަން މިއުޅޭ ވާހަކައަށް މިތަނުގައި މިތިބަ ހުރިހާ މައިންނާއި މައިންނަށްވާންތިބި ޒުވާން އަންހެނުންވެސް ވަރަށް ބޮޑަށް ވިސްނާށެވެ. 

އިމާމް މާލިކްގެފާނެވެ ބުނެވުމުން ކޮންމެ މުސްލިމެއްގެ ހިތުގައިވެސް ޚާއްޞަ ޝުޢޫރުތަކެއް އުފެދިގެންދާނެއެވެ. އިސްލާމްދީނުގެ 4 މަޛްހަބްގެ ތެރެއިން އެއް މަޛްހަބުގެ އިމާމްކަމަށްވާތީއެވެ. އިސްލާމީ މުޅި އުންމަތުގެ އެންމެ އުސް އެއް ކުރިބޯށިކަމުގައިވާތީއެވެ. 

މައުޟޫއަށްދާއިރު ފުރަތަމަ ކަމަކީ އިމާމް މާލިކް ބޭނުންފުޅުވީ ލަވަކިޔާ މީހަކަށްވާށެވެ. އިމާމް މާލިކްގެފާނުގެ ވިސްނުންފުޅު ބަދަލުވެގެންދިއައީ މަންމާފުޅު ދެއްވެވި ވަރަށް އަގުހުރި ނަޞޭޙަތްފުޅަކުންނެވެ. 

އެނަޞޭޙަތްފުޅަކީ: 

"ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅުގެ ޢުމުރުން ދުވަސްވުމުން އަޑަށް ބަދަލު އަންނާނެއެވެ. ސިފައަށްވެސް ބަދަލު އަންނާނެއެވެ. އެހިސާބުން ދަރިފުޅަށް މީހުންގެ ސަމާލުކަން ނެތިގެންދާނެއެވެ. އެއީ އެމީހުން މިއަދު ދަރިފުޅާއި ރުހޭ، ދަރިފުޅުގެ އަޑާއި ސިފަ ނެތިގެންދާނެތީއެވެ. ނަމަވެސް ޢިލްމް އުނގެނިއްޖެނަމަ އެކަން ދުވަހަކުވެސް ދަރިފުޅުގެ ކިބައިން ގެއްލިގެން ނުދާނެއެވެ. އަބަދުވެސް ދަރިފުޅާއިއެކުގައިވާނެއެވެ." 

އިމާމް މާލިކްގެފާނުގެ މަންމާފުޅު ދެއްވެވި ނަޞޭޙަތްފުޅަށް ފުންކޮށް ވިސްނާވަޑައިގެންނެވިއެވެ. އެނަޞޭޙަތްފުޅު ޤަބޫލުފުޅު ކުރައްވަވައި ދީނުގެ ޢިލްމް ޙާޞިލްކުރައްވަވަން ފެށްޓެވިއެވެ. އެކަމުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. 

އެހެންވެ ތިއަ ހުރިހާ އުޚުތުންނަށްވެސް ބުނެލަން ބޭނުންވަނީ މިނަޞޭޙަތްފުޅުގެމަތީގައި ޘާބިތުވާށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް މި ނަޞޭޙަތްފުޅުގައި ހިފަހައްޓާށެވެ. ދަރިންނަށް މިފަދަ ހެޔޮ ވިސްނުންތައް ވިސްނައިދޭށެވެ. ދަރިންނަކީ އެމީހުންގެ ސަބަބުން އުންމަތަށް ފައިޑާކުރާނެ ބައަކަށް ހަދަން ގަދައަޅައި މަސައްކަތްކުރާށެވެ. އެދަރިންގެ މުސްތަޤްބަލު އުޖާލާވެ އާޚިރަތް ލިބޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ އިމާމް މާލިކްގެފާނަކީ ވަރަށް ރީތި ފޭރާންކޮޅު ތުރުކުރައްވަވައި މީރުވަސްދުވާ ހުވަނދު ލެއްވެވި ބޭކަލެކެވެ. އެކަންވެސް އެގޮތަށްވެގެން ދިއައީ ކިޔަވާވިދާޅުވަން ފޮނުއްވަވާއިރު މަންމާފުޅު އެކަންކަން އެގޮތަށް ކުރައްވަވާފައި ފޮނުއްވެވީތީއެވެ. 

- ޑރ. ރާނިއާ އަވާދުގެ ދަރުސަކުން

 

މިއަދު އޮންލައިން