ނަމާދުކުރުމުގަ އެނގެންޖެހޭ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ނަމާދުކުރުމުގަ އެނގެންޖެހޭ ބައެއް ކަންކަން-

ފަރުޟު ނަމާދު ކޮށް އަވަދިވެގެން ދުޢާ ކުރާއިރުގައާއި ސުންނަތް ނަމާދުކޮށް އަވަދިވެގެން ދުޢާކުރާއިރު ދިވެހިން ދުޢާކުރެވިދާނެތޯ؟ 

ނަމާދުން ބޭރުގައި ނަމަ ކޮންމެ ބަހަކުންވެސް ދުޢާ ކުރެވިދާނެއެވެ. ނަމަވެސް ފަރްޟު ނަމާދަށް ފަހުގައި ވަކި ޚާއްޞަ ދުޢާ އެއް، އަތް މައްޗަށް ނަގައިގެން ކުރުމެއް ނެތެވެ. والله أعلم 

ޖަމާޢަތުގައި ނަމާދު ކުރާއިރު ފަޔާއި ފައި ޖެހިފަ ހުރުމަކީ ވާޖިބެއްތޯ؟ އަދި ކައިރީގަ ހުންނަމީހާގެ ފައިގައި ޖެއްސުމުން އޭނާ އެކަމަށް އިންކާރު ކުރުމުގެ ގޮތުން ފައި ދުރުކުރާނަމަ ކަންތައް ކުރާނީ ކިހިނެއްތޯ؟ 

ޖަމާޢަތުގައި ނަމާދު ކުރާ އިރު ފަޔައި ފައި ޖެހިފައި ހުރުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ދެބޭފުޅުން ދެމެދުގައި ހުސްތަން ބާއްވައިގެން ނުވާނެއެވެ. މިކަން ކައިރީގައި ހުންނަ މީހާ އަށް ބަޔާންކޮށްދިނުމަށްފަހު، އޭނާ އެކަން ގަބޫލު ނުކޮށްފިނަމަ ތިބާގެ ވާޖިބު އަދާވީއެވެ. ދެން އެކަމުގެ ސަބަބުން ނަމާދަށް އަންނާ އުނިކަމުގެ ޛިންމާ ނަގަން ޖެހޭނީ އެމީހެކެވެ. والله أعلم 

ނަމާދުގަ ޖަމާއަތުގަ ހުއްޓާ ޖަމާއަތުގަހުރި އެހެން މީހަކަށް ކަމެއް ވެގެން އެމީހަކު ވެއްޓިއްޖެނަމަ ނަމާދު ހުއްޓާލާފައި އެމީހަކަށް އެހީވާން ޖެހޭނެތޯ؟ 

ނަމާދުގަ ޖަމާއަތުގަ ހުއްޓާ ޖަމާއަތުގަހުރި އެހެން މީހަކަށް ކަމެއް ވެގެން އެމީހަކު ވެއްޓިއްޖެނަމަ ނަމާދު ހުއްޓާލާފައި އެމީހަކަށް އެހީވާން ޖެހޭނެއެވެ. والله أعلم 

ފަރުޟު ނަމާދަށްފަހު ކިތަންމެ ގިނައިރަކުވެސް ދުޢާކުރެވިދާނެތޯ؟ އަދި ދުޢާ ކުރާއިރު ދެއަތް އުފުލަން ޖެހޭނެތޯ؟ ދުޢާކޮށް ނިންމުމުން މޫނުގަ ދެއަތްތިލަ ފިރުމާލަން ޖެހޭނެތޯ؟ މިކަމުގަވާ އެންމެ ރަގަޅު ގޮތް ބުނެދެއްވަބައްލަވާ! 

ފަރުޟު ނަމާދަށް ފަހު އަތްމައްޗަށް ނަގައިގެން ދުޢާ ކުރުމަކީ ޘާބިތު ކަމެއް ނޫނެވެ. ދުޢާ ކޮށް ނިމިގެން މޫނުގައި އަތް ފިރުމުމަކީ ޞައްޙަ ސަނަދުން ޘާބިތު ކަމެއް ނޫނެވެ.والله أعلم. 

ކަށުނަމާދުކުރާއިރު މައްޔިތާގެ ސަންދޯއް ބާއްވަންޖެހޭނީ ޖަމާއަތުގެ ކުރީގައިތޯ ނުވަތަ ފަހަތުގައިތޯ ؟ އަންހެން / ފިރިހެން މައްޔިތުންނަށް ތަފާތުގޮތަކަށްތޯ ކަންތައްކުރާނީ؟ 

ކަށުނަމާދު ކުރާ އިރުގައި ސަންދޯއް ބާއްވަން ޖެހޭނީ ޖަމާޢަތުގެ ކުރީގައެވެ. ފިރިހެނެއްގެ ޖަނާޒާ އެއް ނަމަ އިމާމާ ހުންނާނީ މައްޔިތާގެ ބޯ ކައިރީގައެވެ. އަންހެނެއްނަމަ މައްޔިތާގެ ކޮނޑާދިމާލަށެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

 

 

މިއަދު އޮންލައިން